އުރުދުންގެ ސިއްހަތާ ބެހޭ ވަޒީރު އިސްތިއުފާ ދެއްވުމަށް ރަސްގެފާނު ޢަބްދުﷲ ދެވަނަ އަމުރު ކުރައްވައިފިއެވެ. އުރުދުންގެ ސަލަޠްގެ ސަރުކާރު ހަސްފަތާލުން އޮކްސިޖަން ހުސްވުމާ ގުޅިގެން ހަ މީހަކު ވަނީ މަރުވެފައެވެ. މި ޚަބަރު ލިބި ވަޑައިގަތުމާ ގުޅިގެން ރަސްގެފާނު ވަނީ ވަތުތުން ހަސްފަތާލަށް ވަޑައިގެންފައެވެ.

ސިއްޙަތާ ބެހޭ ވަޒީރު ނަޒީރު ޢުބައިދާތު ނޫސް ކޮންފަރެންސެއްގައި ވިދާޅުވީ ހަސްފަތާލުން އޮކްސިޖަން ހުސްވުމާއި މީހުންގެ ފުރާނަ ނެތިދިއުމުގެ އަޚްލާގީ ޒިންމާ އޭނާ ފުރިހަމައަށް ނަންގަވަމުން މަގާމުން އިސްތިއުފާ ދެއްވާ ކަމަށެވެ.

އުރުދުންގެ ޕެޓްރާ ނޫސްޖެންސީން ބުނާ ގޮތުން ހޮނިހިރު ދުވަހު ހެނދުނު 6ން 8އަށް ހަސްފަތާލުގައި އޮކްސިޖަން ހުސްވެފައި ހުއްޓެވެ. މި މައްސަލަ މީހެ އެތައް ދުވަހެއް ކުރިން ކުރިމަވަމުން ދިއުމާ ގުޅިގެން ޑޮކްޓަރުން ވަނީ ހޮސްޕިޓަލްގެ ވެރިންނާއި ހެލްތު މިނިސްޓްރީއަށް މިކަމުގެ ޝަކުވާ ކޮށްފައެވެ. ހަސްފަތާލުން އޮކްސިޖަން ހުސްވީ އެކަމަށް ޚާއްސަ މައި ޓޭންކުން އޮކްސިޖަން ހުސް ވުމުންނެވެ.

އުރުދުންގެ ބޮޑު ވަޒީރު ޑރ. ބިޝްރުލް ޚަސާވިނާ ވަނީ މި މައްސަލަ ތަޙްގީގު ކުރުމަށް އަންގަވާފައެވެ. އަދި ދެފުށް ފެންނަ ގޮތަށް މައްސަލަ ބައްލަވާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ރައްޔަތުންނަށް ދެއްވާފައެވެ.