މެންގޯ ލީފް ހޮޕަރ އަކީ، ވަކި ހާއްސަ މޫސުމެއް ނެތި މުޅި އަހަރު ތެރޭގައި އާާލާ ވާ ސުތްޕެކެވެ. ނަމަވެސް އަނބުގަހުގައި މަލާއި މޭވާ އަޅާ މޫސުމުގައި މި ސޫފީ ގިނައިން ބިސްއަލާ އަވަހަށް އާލާކަން ވަނީ ފާހަގަކުރެވުފައިވެއެވެ.
އާންމުގޮތެއްގައި ބިސްއަލާތާ ދެތިން ދުވަސް ތެރޭގައި ބިސްތައް ވިހާނެއެވެ. އަދި ނިމްފް ( ކުދި ހޮޕްރސް ) ގެ މަރުހަލާގައި 12 އާއި 20 ދުވަހާއި ދެމެދު މުއްދަތެއް ކަޑައްތު ކުރުމަށްފަހު އަނެއްކާވެސް ބިސްއަޅާ އުމުރަށް ދެއެވެ.
މީގެ ހަޔާތުގެ ބުރު ދައުރުވާލެއް އަވަސް ވުމުގެ ސަބަބުން ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ލީފް ހޮޕަރސްގެ އަދަދު އެތައް ގުނައަކަށް އިތުރުކޮށްލައެވެ. އެހެންކަމުން މާއަލާ މޫސުން އަންނަން ކައިރިވުމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ޖެހޭނެއެވެ.
ތައާރަފް
ރާއްޖޭގައި ހެދޭ އަނބުގަސްތަކަށް އެންމެ ބޮޑަށް ގެއްލުންދޭ ސުތްޕަކީ މެންގޯ ލީފް ހޮޕަރ އެވެ. މިސޫފި އެންމެ ފުރަތަމް ފެނިފައިވަނި އިންޑިއާއިން ކަމުގައިވެސް މިހާރު މިސޫފި ދެކުނު އޭޝިއާ ސަރަހައްދުގެ އިތުރުން އޮސްޓްރެލިޔާއަށްވެސް ވަނީ ފެތުރިފައެވެ. މިސީފީގެ ބޮޑުމިނުގައި ގާތްގަޑަކަށް 4-5 މިލިމީޓަރެވެ. ވަރަށް ކައިރިން ބަލާލުމުން މަޝްކާށި ދޫނީގެ އާއިލާގެ އެއްޗަކާ ވައްތަރު ގޮތެއް ހުއްޓަސް މިއީ މަސްކާށި ދޫންޏެއް ނޫނެވެ. މިސޫފީގެ ގައިގެ ކުލައަކީ ރަންމުށި ކުލައަކަށް ދާކުލައެކެވެ. ބޮޑުވެފައިވާ ދޫނީގެ ބޮލުގައި ހުންނަނީ ރީނދޫ ކުލައެވެ. އަދި ވަރަށް ފާހަގަކުރެވޭ ރަތް ދެލޯ ޅައިރު ފާހަގަކުރެވޭނެއެވެ. މިސޫފިވެސް ބޮޑުވުމުން ފިޔަ ފަޅާނެއެވެ. އަދި މަސްކާށިދޫނި ގޮތަށް އުދުހުމުގެ ބަދަލުގައި ފިޔަ ބޭނުން ކުރާނީ އެއްތަނުން އަނެއްތަނަށް ފުންމާށެވެ. \
ގަހަށް ދޭ ގެއްލުން
މިސުތްޕަކީ ގަހުގެ ދިޔަ ބޯ ސުތްޕެކެވެ. ފިޔަ ބޮއިމުގެ ސަބަބުންނާއި ބިސް އެޅުމުގެ ސަބަބުން ގަހުގެ ފަތްތައް ގުރުޑުވާން ފަށައެވެ. އާއްމުކޮށް ބިސްއަޅާފައި ހުންނާނީ ޅާފަތްތަކަގެ ދައްފުށުގައި އާއި މާތަކުގެ ތަޑީގައެވެ. މިސޫފީގެ ކާނާގެ ގޮތުގައި ބޭނުންކުރާނީ ގަހުގެ ތިޔާ އާއި މަލުގެ ފޮންޏެވެ. މާތަކުން ފޮނި ބުއިމުގެ ސަބަބުންނާއި ދަނޑި އަށް ބިސްއެޅުމުން ތަނޑިގައި އެޅޭ ލޯވަޅުތަކުގެ ސަބަބުން މޭވާ އަޅަން ބޭނުންވާ ކާނާ މަލަށް ނުލިބެއެވެ. އެހެންކަމުން މާތައް ވެއްޓެން ފަށައެވެ. މީގެ އިތުރުން މިސޫފި ގަހުން ބޯ ފޮނިތައް، ހަކުރު ގޮތުގަެި ހަށިގަނޑުން ބޭރުވެގެން ދާނީ ގަހުގެ އެކި ގުނަވަން ތަކަށެވެ. އާއްމުކޮށް ގަހުގެ ފަތްތަކަށެވެ. އަދި ވަރަށް އަވަހަށް އެހަކުރުގެ މަތީގައި ފަންގަސްޖަހައި ކަޅުކުލަޔަށް ބަދަލުވެއެވެ. އެއަށް އާންމުކޮށް ކިޔައި އުޅެނީ "ސޫޓީ މޯލްޑް" (ކަޅު ކުޑި) އެވެ. މި އާލާމާތަކީ ވަރަށް ގިނަ ދިޔަ ބޯ ފަނިފަކްސާ އުޅޭ ގަސްގަހުން ފެންނަ އާލާމާތެކެވެ.
ކޮންޓްރޯލް ކުރުން
ޓްރެޕްސް / ދަންތަރަ : ލައިޓް ޓްރެޕް ނުވަތަ އަލި ދަންތުރަ ބޭނުން ކުރުން . މި ދަންތުރަ ބޭނުންކުރާނީ ރޭގަނޑު ގަޑީގައި ލައިޓެއް ދިއްލައި ލައިޓުގެ ދަށުގައި ފެން ބާލިދީއެއް ބަހައްޓައިގެންނެވެ. އޭގެ އިތުރުން ލައިޓު ކައިރީގައި ތެރަސް ކަރުދާސްވެސް ބެހެއްޓިދާނެވެ. އައްޔަށް ދަތުރުކޮށްފައި އަންނަ ވަރަށް ގިން ސޫފިތައް މިގޮތަށް މަރާލެވޭނެއެވެ. އަލި ދަންތުރަ ތައްޔާރު ކުރާނެ ގޮތުގެ ފުރިހަމަ މައުލޫމާތު އައި.ޕީ.އެމް ލީފްލެޓެއްގައި ހިމެނިފައި ވާނެއެވެ.
ބަޔޮލޮޖިކަލް ކޮންތްރޯލް : ގުދުރަތީގޮތުން މެންގޯ ލީފް ހޮޕްރ އަށް ގެއްލުންދޭ ސޫފި ތަކުގެ ވެށި ހިމާޔަތްކޮށް ރައްކާތެރި ކުރަންޖެހެއެވެ. އެގޮތުން މިސޫފީގެ އަދަދު މަދުކުގައި ވަނީނަމަ، ކެމިކަލް ބޭނުން ކުރުމުން އެސަރަހައްދުގައި އުޅޭ މެންގޯ ލީފް ހޮޕަރ އަށް ހަމަލާދޭ އެހެން ސޫފިތައްވެސް މަރުވާނެތީއެވެ. ކެމިކަލް ބޭނުންކުރާނީ މެންގޯ ލީފް ހޮޕްރގެ އަދަދު ގިނަވެ ގަހައް ލިބޭ ގެއްލުންތައް ފެންނަން ފެށުމުންނެވެ. މެންގޯ ލީފް ހޮޕަރ އަށް ހަމަލާ ދޭކަމަށް ފާހަގަ ކުރެވޭ އެއް ސުޕްޕަކީ ލޭސްވިންގް ލާވާއެވެ.
ލޭސްވިންގެ ލާވާގެ ހަޔާތުގެ ބުރު
ކެމިކަލް ކޮންޓަރޯލް : ރަށުގެ އެހެން އަނބު ގަސްތަކުގެ މެންގޯ ލީފް ހޮޕްރ ގިނަ އަދަދަކަށް އުޅޭ ކަމަށް ފާހަގަކުރެވި، އެފަރާތްތަކަށް ކޮންޓްރޯލް ނުކުރެވޭނެކަމަށް ފާހަގަ ކުރެވިއްޖެ ހިނދެއްގައި ގަހުގައި މާއަޅާ ދުވަސްވަރު ގާތްވުމުން ޑައިމެތޮއޭޓް 2 ފަހަރުމަތިން ބޭނުންކުރެވިދާނެއެވެ. ފުރަތަމަ ސްޕްރޭ ކުރުމަށްފަހު ދެން ސްޕްރޭ ކުރާނީ 7 ދުވަސް ފަހުންނެވެ. މިއަށް ކިޔާ އުޅެނީ ކަވަރ ސްޕްރޭ ކުރުމެވެ. މި ކެމިކަލްއިން ވަރަށް ގިނަ ފަނިފަކުސާ ކޮންޓްރޯލް ކުރެވޭނެއެވެ.
މެންގޯ ލީފް ހޮޕްރ އަކީ، ވަކި ހާއްސަ މޫސުމެއް ނެތި މުޅި އަހަރު ތެރޭގައި އާލާ ވާ ސުތްޕެކެވެ. ނަމަވެސް އަނބުގަހުގައި މަލާއި މޭވާ އަޅާ މޫސުމުގައި މި ސޫފީ ގިނައިން ބިސްއަޅާ އަވަހަށް އާލާކަން ވަނީ ފާހަގަކުރެވިފައެވެ.
އާންމުގޮތެއްގައި ބިސްއަޅާތާ ދެތިން ދުވަސް ތެރޭގައި ބިސްތައް ވިހާނެއެވެ. އަދި ނިމްފް ( ކުދި ހޮޕްރސް ) ގެ މަރުހަލާގައި 12 އާއި 20 ދުވަހާއި ދެމެދު މުއްދަތެއް ކަޑައްތު ކުރުމަށްފަހު އަނެއްކާވެސް ބިސްއަޅާ އުމުރަށް ދެއެވެ.
މީގެ ހަޔާތުގެ ބުރު ދައުރުވާލެއް އަވަސް ވުމުގެ ސަބަބުން ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ލީފް ހޮޕްރސްގެ އަދަދު އެތައް ގުނައްކަށް އިތުރުކޮއްލައެވެ. އެހެންކަމުން މާއަޅާ މުސުން އަންނަން ކައިރިވުމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ޖެހޭނެއެވެ.
https://sarukaaru.gov.mv/articles/7073