ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓަރުގެ މަގާމަށް އައްޔަންކުރެއްވި ތޯރިގު އިބްރާހީމަށްން ހޯއްދެވުމުގެ މައްސަލަ ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލިހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވައިފިއެވެ.
ކްލައިމެޓް ޗޭންޖް އެންވަޔަރަންމަންޓް އެންޑް އެނަޖީ އަދި ޓޫރިޒަމް މިނިސްޓްރީ އެއްކޮށްލައްވައި، މިނިސްޓަރުގެ މަގާމަށް ތާރިގު އިބްރާހީމް އައްޔަން ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. އެއީ މި މަހުގެ 1ވަނަ ދުވަހުއެވެ. އޭރު އެމަނިކުފާނު އެންވަޔަރަންމަންޓް މިނިސްޓަރުކަމުގެ މަގާމުގައެވެ.
ކްލައިމެޓް ޗޭންޖް އެންވަޔަރަންމަންޓް އެންޑް އެނަޖީ އަދި ޓޫރިޒަމް މިނިސްޓްރީ އެއްކޮށްލައްވައިފައިވަނީ އޭރު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އިބްރާހީމް ފައިސަލް އެ އެމަގާމުން މިދިޔަ މަހު ވަކިކުރެއްވުމާއި ގުޅިގެންނެވެ. ފައިސަލް އެ މަގާމުން ވަކިކުރެއްވީ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ.
އެ މައްސަލައިގެ އިތުރުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އާއި ހޯމްލޭންޑް މިނިސްޓްރީގެ އިތުރުން ހެލްތު މިނިސްޓްރީގެ މަސައްކަތުގެ ދާއިރާއަށް ގެންނެވި ބަދަލު ފާސްކޮށްދެއްވުމަށް ވެސް ރައީސް ވަނީ ފޮނުއްވާފަ އެވެ. އެ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.
ގާނޫނުގައިވާގޮތުން ވަޒީރުންގެ މަޖިލީހަށް ބޭފުޅަކު އައްޔަން ކުރެއްވުމަށްފަހު އެ ވަޒީރުންނަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވަން ހުށަހަޅަންޖެހެއެވެ. ވަޒީރުންނަށް ގާނޫނީ ބާރުވެރިން ލިބިވަޑައިގަންނަވާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިވަޑައިގަތުމުންނެވެ.