ހދ. ނޭކުރެންދޫ ބަނދަރު ތަރައްހީ ކުރުމުގެ މަޝްރޫއުގެ ދަށުން އެއްގަމުތޮށި ލުމުގެ މަސައްކަތުގެ 71 ޕަސެންޓް ނިމިއްޖެ ކަމަށް މޯލްޑީވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) ބުނެފިއެވެ.

އެމްޓީސީސީން މިހެން ބުނެފައިވަނީ މިއަދު އެކުންފުނިން އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި އެމްޓީސީސީން އިތުރަށް ބުނެފައިވަނީ އެ މަޝްރޫއުގެ ދަށުން އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތްވެސް ނިމިފައިވާ ކަމަށެވެ.

އަދި މިހާރު އެރަށުގައި ކުރިއަށްދަނީ އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތައް ކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.

މި މަޝްރޫއަކީ ސަރުކާރުން 45.11 މިލިއަން ރުފީޔާއަށް އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މަޝްރޫއުކެވެ.