6 ފެބުރުއަރީ 2025 ހުޅުވުނު "މޯލްޑިވްސް މެރިން އެކްސްޕޯ 2025" ގައި ބެހެއްޓިފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) ގެ ސްޓޯލަށް އިއްޔެ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، ޑީސީޕީ (ރިޓަޔަރޑް) އަޙްމަދު ސައުދީ ޒިޔާރަތްކުރައްވައިފިއެވެ.ދިވެހިރާއްޖޭގެ ކަނޑުވެރިކަމުގެ ސިނާޢަތުގެ އެންމެ ފާހަގަކޮށްލެވޭ އިވެންޓުތަކުގެ ތެރެއިން އެއް އިވެންޓު ކަމަށް ބެލެވޭ މި އެކްސްޕޯގައި އެމް.ޓީ.ސީ.ސީގެ ސްޓޯލް ބެހެއްޓުމުގެ މައިގަނޑު މަޤްޞަދަކީ ކުންފުނީގެ ޚިދުމަތްތަކާއި މަޝްރޫޢުތަކާ ބެހޭ މަޢުލޫމާތު ޢާންމުންނަށް ފޯރުކޮށްދިނުމެވެ. މީގެ އިތުރުން، ކަނޑުވެރިކަމުގެ ދާއިރާގައި ކުންފުނިން ކުރަމުންދާ މަސައްކަތްތައް ހާމަކުރުމަށްވެސް މި ފުރުޞަތު ބޭނުންކުރެވޭނެ ކަމަށް އެމް.ޓީ.ސީ.ސީން މަޢުލޫމާތު ދެއެވެ.އެމް.ޓީ.ސީ.ސީގެ އެމްޑީ މި ސްޓޯލަށް ޒިޔާރަތްކުރެއްވުމުން، ކުންފުނީގެ މުވައްޒަފުންނާ ބައްދަލުކުރައްވައި، ސްޓޯލްގައި ހުރި ތަފާތު ބައިތަކާ ބެހޭގޮތުން މަޢުލޫމާތު ހޯއްދެވިއެވެ. އަދި ކުންފުނީގެ މުސްތަޤްބަލުގެ ޕްލޭންތަކާ ބެހޭގޮތުން މުވައްޒަފުންނާ މަޝްވަރާކުރެއްވިއެވެ."މޯލްޑިވްސް މެރިން އެކްސްޕޯ 2025" އަކީ ރާއްޖޭގެ ކަނޑުވެރިކަމުގެ ސިނާޢަތުގައި ހިމެނޭ އެކި ދާއިރާތަކުގެ ކުންފުނިތަކާއި، ސަރުކާރުގެ އިދާރާތަކާއި، އަމިއްލަ ފަރާތްތަކުގެ ބައިވެރިވުމާއެކު ބޭއްވޭ މުހިންމު އިވެންޓެކެވެ. މި އެކްސްޕޯގައި ކަނޑުވެރިކަމާ ގުޅުންހުރި އެންމެ ފަހުގެ ޓެކްނޮލޮޖީތަކާއި، އުފެއްދުންތަކާއި، ޚިދުމަތްތައް ދައްކުވައިދެވެއެވެ.

އެމް.ޓީ.ސީ.ސީގެ އެމްޑީ "މޯލްޑިވްސް މެރިން އެކްސްޕޯ 2025" ގެ ސްޓޯލަށް ޒިޔާރަތްކުރައްވައިފި
10 February 2025, 20:39