މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އިން "ސާބަސް ޔަންމާ 2025" ގެ ނަމުގައި އައު ޕްރޮމޯޝަނެއް މިއަދު ފައްޓަވައިދެއްވައިފިއެވެ. މި ޕްރޮމޯޝަން ރަސްމީކޮށް ފައްޓަވައި ދެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓަޔަރ) އަހުމަދު ސަޢުދީ އެވެ.
މި ރަސްމިއްޔާތުގައި ކުންފުނީގެ އިސްވެރިންނާއި، ގިނަ ޢަދަދެއްގެ މުވައްޒަފުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ޕްރޮމޯޝަންގެ މަޤްޞަދަކީ ޔަންމާ ބްރޭންޑްގެ އުޅަނދުފަހަރާއި އިންޖީނުތަކުގެ ވިއްކުން އިތުރުކޮށް، ކަސްޓަމަރުންނަށް ޚާއްޞަ ޑިސްކައުންޓްތަކެއް ފޯރުކޮށްދިނުމެވެ.
"ސާބަސް ޔަންމާ 2025" ޕްރޮމޯޝަނަކީ ކުންފުނީގެ ކަސްޓަމަރުންނަށް އަމާޒުކޮށްގެން ތައްޔާރުކުރެވިފައިވާ ޚާއްޞަ ޕްރޮގްރާމެއް ކަމަށެވެ. އަދި މި ޕްރޮމޯޝަންގެ ސަބަބުން ޔަންމާ ބްރޭންޑްގަތުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފަސޭހަވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމުގައި ވެސް އެކުންފުނީގެ ފަރާތުން ވަނީ މަޢުލޫމާތު ދެއްވާފައެވެ.
"ސާބަސް ޔަންމާ 2025" ޕްރޮމޯޝަން ކުރިއަށްދާނީ 8 ފެބުރުއަރީ 2025 އިން 13 ފެބްރުއަރީ 2025ގެ ނިޔަލަށެވެ.