މަސްވެރިކަމަށް މަޝްހޫރު ތ.ހިރިލަންދޫގައި ކޯލްޑް ސްޓޯރޭޖެއް ހަދަން ސަރުކާރުން ނިންމަވައިފިއެވެ.

ކޯލްޑް ސްޓޯރޭޖުގެ މަޝްރޫއާ ގުޅޭ ގޮތުންް މަސްވެރިކަމާއި ބެހޭ ވަޒީރު އަހްމަދު ޝިޔާމް އިއްޔެ ވަނީ ހިރިލަންދޫ ކައުންސިލާ ބައްދަލު ކުރައްވައި މަޝްރޫޢުގެ އެންމެފަހުގެ މައުލޫމާތުތައް ކައުންސިލާ ހިއްސާ ކުރައްވާފައެވެ.

މި މަޝްރޫޢުއަކީ ސަރުކާރުގެ ޕީއެސްއައިޕީ ޕްރޮޖެކްޓުގެ ދަށުން 298،751 ރުފިޔާ ހަރަދު ކުރައްވައިގެން ހިންގަވާ މަޝްރޫޢެކެވެ.

ހިރިލަންދޫއަކީ މެދުރާއްޖެ ތެރޭގައި މަސްވެރިކަމަށް އެންމެފާހަގަ ކޮށްލެވޭ އެއްއަރަށެވެ. ރިހާކުރު ތައްޔާރު ކުރުމަށާއި ވަޅޯމަސް އުފެއްދުމަށްވެސް ހިރިލަންދޫއަކީ ނަން ހިނގާ ރަށެކެވެ. މީގެ އިތުރުން މަސް ދޯނި ފަހަރު ބަނުމަށާއި މަސްވެރި ލާންޗް، ޑިންގީ ބަނުމަށްވެސް ހިރިލަންދޫއަކީ ރާއްޖޭގައި ފާހަގަ ކޮށްލެވޭ މަސައްކަތްތެރި ރަށެކެވެ.