ޒަޔަނިސްޓު ނާޒީ ޔަހޫދު ސިފައިން، ފަލަސްޠީނު މީހުން ފޮތް ވިއްކުން މަނާ ކުރަން ފަށައިފިއެވެ. އިޒްރޭލު ފުލުހުން ވަނީ، އިރުމަތީ ގުދުސްގައި ހުރި ފަލަސްތީނުގެ ދެ ފޮތްފިހާރައަކަށް އިއްޔެ ރެއިޑް ކޮށް، އެ ފިހާރައިގެ ވެރިން ހައްޔަރުކޮށްފައެވެ.

އިރުމަތީ ޤުދުސްގެ އެޑިއުކޭޝަނަލް ބުކްޝޮޕަށް ވަދެ ޔަހޫދު ޒަޔަނިސްޓު ސިފައިން ވަނީ ފޮތްތައް ބިންމައްޗަށް ވައްޓާލައި އޭގެ މަތިން ހިނގައި އިހާނެތިކޮށް ހިތާފައެވެ.

މި ބުކްޝޮޕަކީ އިޔާދު މުނާގެ އާއިލާއިން ހިންގާ ބުކްޝޮޕެކެވެ. އަދި ހިފާފައިވާ ޤުދުސްއަށް ޒިޔާރަތް ކުރާ މީހުންނާއި ޑިޕްލޮމެޓުންގެ މެދުގައި މަޤްބޫލު ބުކްޝޮޕެކެވެ.

އާއިލާއިން ބުނިގޮތުގައި ޔަހޫދު ޓެރަރިސްޓު ޒަޔަނިސްޓުން ވަނީ ކުނިކޮތަޅުތަކުގައި ގިނަ އަދަދެއްގެ ފޮތްތައްވެސް ވަގަށް ގެންގޮސްފައެވެ.

ޒަޔަނިސްޓުން މި ބުކްޝޮޕްގެ ވެރިން ހައްޔަރުކޮށްގެން ކޯޓަށް ގެންދިއުމުން މުއްދަތު މަޖިލީހަށް ގިނަ އަދަދެއްގެ ޑިޕްލޮމެޓުންވެސް ގޮސް ތިއްބެވެ.

ފަލަސްޠީނަށް އައްޔަންކޮށްފައިވާ އދގެ ރެޕަޓުއާ ފްރެންޗެސްކާ އަލްބެނީޒް ވަނީ ޒަޔަނިސްޓުންގެ މި ނާޒީ އަމަލު ކުށްވެރިކުރައްވާފައެވެ.

ޒަޔަނިސްޓުންގެ މިއަމަލަކީ، ފަލަސްޠީނު މީހުންނާ ދެކޮޅަށް ހިންގާ ފިކުރީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ފަލަސްޠީނުގެ ފަރާތްތަކުން ދެކެއެވެ.

މި ބުކްޝޮޕަކީ، 1984 ވަނަ އަހަރު ފެށި ބުކްޝޮޕެކެވެ. މިހާރު މިމީހުންގެ 3 ބްރާންޗު ހުޅުވާފައި ވެއެވެ. އިޔާދު މުނާއަކީ ކުރިން ރެފިއުޖީ ކެމްޕެއްގައި ޓީޗަރަކަށް އުޅުނު މީހެކެވެ.