ޒުވާރިއަކީ ރާއްޖޭގައި ކާބަފައިންގެ ޒަމާނުންސުރެ ހައްދާ ގޮވާމުގެ ބާވަތަކެވެ. އެހެންނަމަވެސް މިހާރު މި ބާވަތް ހެއްދުން އެހާ އާންމު ނޫންނަމަވެސް މަދުންނަމަވެސް އަދިވެސް ރާއްޖެގައި ޒުވާރި އިންދާ ހައްދައެވެ. ހަމަ އެއާއިއެކު ބައްޓަކީވެސް ރާއްޖޭގެ ދަނޑުތަކުން ފަސޭހައިން ލިބެންހުންނަ ތަރުކާރީއެކެވެ. މި ދެ ބާވަތަކީވެސް އޭގައި އެތައް ފައިދާތަކެއް އެކުލެވިގެންވާ ދެ ވައްތަރެވެ.
މި ހަފްތާގެ ރަހައިގައި މި ހިމަނާލަނީ ޒުވާރި އަދި ބަށި ބޭނުންކޮށްގެން ތައްޔާރު ކޮށްލެވީދާނެ، ތުއްތުކުދިންނަށް ޚާއްސަ "ޒުވާރި- ބަށި ޕިއުރީ" ތައްޔާރުކޮށްލާނެ ގޮތެވެ.
ބޭނުންވާތަކެތި
1/3 ޖޯޑު ޒުވާރި(ފެނުކައްކާފަ)
1/2 ޖޯޑު ބަށި( އާވިން މަޑުކޮށްފައި. ތޮށި ނޮޅާފައި)
1 ބިސް (ފެނުކައްކާފައި )
ފެން
ތައްޔާރުކުރާނެ ގޮތް:
ބަށި އާވިން ކެއްކުމަށްފަހު ތޮށި މަށާލާ، ރޯފިލަންދެން ޒުވާރިކޮޅު ފެނުކައްކާލާ. ޒުވާރި ކެއްކުމަްސ ބޭނުންކުރި ފެންފޮދު ފަހުން ބޭނުންކުރުމަށް ބަހައްޓާ.
އެއަށްފަހު އެ ފެންފޮދުގައި ފެނު ކެއްކި ބިހާއި ޒުވާރި އަދި ބަށިކޮޅު ބްލެންޑަރަކަށް އަޅުއްވާ، ޕިއުރީއަކަށް ވަންދެން ގިރާލާށެވެ.
މި ރެސިޕީއިން ލއްބައިދެނީ:
ހަކަަތަ-117 ކލ
ޕްރޮޓީން-7.5 ގ
ފެޓް- 4.8 ގ
ފައިބަރ 2.3ގ
މި ކާނާ އަކީ ކުއްޖާގެ 7 މަހުންފެށިގެން ދެވިދާނެ ކާނާއެކެވެ. ބައެއް ބާވަތުގެ ބައްޓަކީ ކުޑަކޮށް ހިތިރަހަ ހުންނަ ވައްތަރުތަކެއްކަމުން އެކަމަށް ތުއްތުކުދިން މި ރަހައަށް ހޭނި މީރުވާންފަށާނީ ވީހާވެސް އަވަހަށް ތަޢާރަފްކޮށް، ކެއުމުގެ ފުރުސަތު ދިނުމުންނެވެ.