ޒަޔަނިސްޓު ޔަހޫދުންގެ ތެރޭގައި ނާޒީ ފިކުރުގެ މީހުންވެސް މަދެއް ނޫނެވެ. އިޒްރޭލުގެ މާލީ ވަޒީރު ބެޒާލެލް ސްމޮރިޗަކީ ފައްކާ ނާޒީ ޒަޔަނިސްޓެކެވެ.
އޭނާއަކީ ހަނގުރާމައަށް ފެންބޮވައިގެންފައިވާ މީހެކެވެ. ސްމޮރިޗް ވަނީ ހަމާސްއަށް އިންޒާރު ދިނުމަށް ޔަހޫދުންގެ ސަރުކާރަށް އަންގާފައެވެ.
މިއަދު ޕާލަމެންޓްގައި ވާހަކަ ދައްކަމުން ސްމޮރިޗް ވަނީ ޣައްޒާއިން ފެނާއި ކަރަންޓް ކަނޑާލަން ޖެހޭ ކަމަށާއި ޣައްޒާއަށް އިންސާނީ އެހީގެ ސާމާނުތައް ވެއްދުން މަނާ ކރުމަށް ގޮވާލާފައެވެ.
އެންމެ ހަރުކަށި ކަނާތު ފިޔާގެ ސްމޮރިޗް ދައްކާފައިވާ ވާހަކަތަކީ ހިޓްލަރުވެސް އަދި އޭނާގެ ޖެނަރަލުންވެސް ދައްކާ ޒާތުގެ ވާހަކައެއް ނޫނެވެ.
ސްމޮރިޗް ބުނެފައި ވަނީ ޣައްޒާއަށް ހަމަލަ ދޭން ޖެހޭ ކަމަށާއި އަދި މިހާރުން މިހާރަށް 5 ޕަސެންޓްގެ ބިން ހިފުމަށް އޭނާ ވަނީ ގޮވާލާފައެވެ.
ސްމޮރިޗްގެ ގޮވާލުމަކީ ހަނގުރާމައިގެ ޖަރީމާތައް ހިންގުމަށް ގޮވާލުމެކެވެ. ނާޒީން ނުބައި މީސްކުރާ ޒަޔަނިސްޓު ޔަހޫދުންނަކީ، ނާޒީންނަށް ވުރެން ނުލަފާ ޒާތަށް ހަނގުރާމައިގެ ޖަރީމާތައް ހިންގައި އެކަމަށް ހިތްވަރުދޭ ބަޔެކެވެ.