މިދުވަސްވަރަކީ ކޮންމެެވެސްވަރަކަށް ރާއްޖޭގެ އެކި ހިސާބުތަކުގައި އަނބު އަޅާފައިވާ ދުވަސްވަރެކެވެ. ރޯދަ ކައިރިވަމުން އަންނައިރު، ރާއްޖޭގައި ރޯދަމަހު އެންމެ ޑިމާންޑް ބޮޑު މޭވާއަކީވެސް ދޮން އަނބެވެ. އެހެންނަމަވެސް ރޯދަޔަށް އަނބު ދޮން ނުވިޔަސް އަނބު ބޭނުންކުރެވިދާނެއެވެ. އަނބުގައި އަސާރަ ހަދާލުމުން ހާރުދަމާއި ތަރާވީސް ގަޑިތަކުގެ ކާނާއަށް އިތުރު ފުރިހަމަކަމެއް ގެނުވާނެއެވެ. ރާއްޖޭގެ އެކި ހިސާބުގައި އަނބު އަސާރަ ތަފާތު ގޮތްގޮތަށް ތައްޔާރުކޮށް އުޅެެއެވެ. އެހެންކަމުން މި ބަލާލަނީ އަނބު އަސާރަ ތައްޔާރުކޮށްލެވިދާނެ ގޮތަކަށެވެ.

ބޭނުންވާތަކެތި

4 ޖޯޑު އަނބު(އޮއްފެޅޭވަރުގެ) ފަޅިކޮށް، 2 އިންޗި ހުންނަވަރަށް ކޮށާފައި

2 ޖޯޑު ވިނިގަރ

12 ލޮނުމެދު (ތުނިކޮށްކޮށާފައި)

4 ފިޔާ

ޖޯޑު ފިޔާ(ކޮށާފައި)

4 ސ. އަސޭމިރުސް(މުގުރާފައި)

2 ގޮތޮޔޮ މިރުސް

8 އިންޗި އިނގުރު(ތުނިކޮށް ކޮށާފައި)

3 މ. ސަމްސާގެ ތެޔޮ

8 ހިކނދިފަތް

8 ތޮޅި މިރުސް

އިންޗި ހުންނަވަރުގެ ރާނބާފަތް ކޮޅެއް

ލޮނު (ރަހަލާވަރަށް)

ރީންދޫ

ކުކުޅު ހަވާދު

ތައްޔާރުކުރާނެގޮތް:

އަނބު އަސާރަ ތައްޔާރުކުރުމަށް އެންމެ ފުރަތަމަ ފަޅިކޮށް، ކޮށާފައިހުރި އަނބުކޮޅު ހޫނުފެނަށް އަޅާފައި 15 މިނެޓް ވަންދެން ބަހައްޓާލާށެވެ. އެއަށް ފަހު އަނބުކޮޅު ފެނުންނަގާ، އަވިލާ ހިއްކާ ލާށެވެ.

ތެއްޔަކަށް ނުވަތަ ތަވަޔަކަށް ތެޔޮފޮދެއް ޖަހާ، ތެޔޮފޮދު ހޫނުވުމުން، ފިޔާކޮޅާއި އެކު ހިކަނދިފަތް ރާނބާފަތް އަޅާ މޯޅިވަންދެން ހަނާކޮށްލާށެވެ. އެއަށްފަހު ބާކީ ހުރި ހަވާދުގެ ބާވަތްތައް އަޅާ ފިޔާގަނޑު ރަގަޅަށް މީރުކޮށްލާށެވެ. އެއަށްފަހު ވިނިގާ އަދި ލޮނު އެޅުމަށްފަހު، އަނބުކޮޅު އަޅާލައި، އެއްކޮށްލާށެވެ. އެއަށްފަހު އުދުންމަތިން ބާލާށެވެ. ދެން ހިހޫވުމުން މަތި ބަންދުކުރެވޭ އެއްޗަކަށް އަޅާފައި އަވީގައި ދެ ދުވަސް ވަންދެން ބަހައްޓާށެވެ.