ފ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނަށް ކައުންޓަރ ޓެރަރިޒަމް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފިއެވެ.

ފުލުހުން ބުނީ މި ހިނގާ ފެބުރުވަރީ މަހުގެ 9 އިން 10 އަށް މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ކައުންޓަރ ޓެރަރިޒަމް އިންޓެލިޖެންސް ޑިޕާޓްމަންޓާއި ފ. އަތޮޅު ޕޮލިސް ގުޅިގެން ކަމަށެވެ.

މި ޕްރޮގްރާމުގައި، ޓެރަރިޒަމާ ގުޅުންހުރި ތަފާތު ހާލަތްތަކުގައި އަމަލުކުރާނެގޮތްތަކުގެ މައުލޫމާތުދިނުމާއި ކައުންޓަރ ޓެރަރިޒަމަށް ހޭލުންތެރިކޮށް އަދި ފްރަންޓްލައިން އޮފިސަރުންގެ ރޯލުތަކާއި ޒިންމާތަކާ ގުޅޭގޮތުން މައުލޫމާތުދީފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މީގެއިތުރުން ފުލުހުން ބުނީ މައުލޫމާތު ދިނުމަށް ސިނާރިއޯ ބޭސްޑް ޓްރެއިނިންގތައް ވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.