މަކަރާއި ހީލަތުގެ މައްސަލަތަކުން ރައްކާތެރިކުރުވުމަށް ވިލިމާލޭގެ ވިޔަފާރިވެރިންނާ ބައްދަލުކޮށް މައުލޫމާތުދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ މި ފެބުރުވަރީ މަހުގެ 10 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި، މަކަރާއި ހީލަތުގެ މައްސަލަތަކުން ރައްކާތެރިވުމަށް ވިޔަފާރިވެރިން ހާއްސަ ސަމާލުކަންދޭންވީ ކަންކަމުގެ މައުލޫމާތުދީފައިވައިވާ ކަމަށެވެ.
އަދި މުދާގަނެ އޮންލައިންކޮށް ފައިސާ ދައްކައި، ސުލިޕް ފޮނުވުމުން ހާއްސަ ސަމާލުކަންދޭންޖޭ ކަންކަމާއި އެކައުންޓަށް ފައިސާ ޖަމާވުމުން ނޫނީ މުދާ ދޫނުކުރުމަށް އިލްތިމާސްކޮށް ސައްހަ ނޫން ސުލިޕް ދެނެގަންނާނެ ގޮތުގެ މައުލޫމާތުވެސް ފުލުހުން ވަނީ ހިއްސާކޮށްފައެވެ.
މީގެއިތުރުން، މަކަރާއި ހީލަތުގެ މައްސަލައެއް ދިމާވެއްޖެނަމަ ލަސްނުކޮށް އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.