ނ. މާފަރު އަރޕޯރޓްގެ އޭޕްރަން ބޮޑުކުރުމުގެ މަޝްރޫއުގެ ދަށުން، އެ އެއަރޕޯރޓްގައި މިހާރު ކުރިއަށް ދަނީ އޭޕްރަން ޑީގައި ތާރުއެޅުމުގެ މަސައްކަތް ކަމަށް މޯލްޑީވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) ބުނެފިއެވެ.
އެމްޓީސީސީން މިހެން ބުނެފައިވަނީ މިއަދު އެކުންފުނިން އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައެވެ.
މީގެއިތުރުން އެ ކުންފުނިން ބުނެފައިވަނީ މާފަރު އަރޕޯރޓްގެ އެރަންވޭ އޭޕްރަންގެ ސީ އާއި ޑީ އަދި ޓެކްސީވޭގެ ސީ އާއި ޑީ ގެ ސަބްބޭސް އަދި ސަބްްގްރޭޑްގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.