މ. މުލަކުގެ މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާކަމަށް އެ މަސައްކަތް ކުރަމުންދާ ކުންފުނި، ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ.

އާރްޑީސީން އެކްސްގައި އިއްޔެ ކުރި ޕޯސްޓެއްގައި ވަނީ އެމަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ ހިއްސާކޮށްފައެވެ.

އެގޮތުން އާރްޑީސީން ބުނެފައިވަނީ މިހާރު އެ މަޝްރޫއުގެ ދަށުން ކުރިއަށް ދަނީ އެރަށު ނޫރާނީ ހިނގުމުގައި ކާރބް ސްޓޯން ޖެހުމަށް މަގު ކޮނުމުގެ މަސައްކަތް ކަމަށެވެ.

މީގެ އިތުރުން މުލަކުގެ އިރުދޭ އަދި ބަހާރީ މަގުގައި މަގު ބައްތީގެ މަސައްކަތް ވެސް ކުރަމުން ދާ ކަމަށް އާރްޑީސީން ބުނެފައިެވެ.

މިމަޝްރޫއުގެ ދަށުން:

  • ފެންހިންދާ ނިޒާމް ގާއިމް ކުރުން
  • 6.077 ކިލޯ މީޓަރުގެ 6 މަގެއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުން
  • ޕޭވްމަންޓް ހެދުމާއި މަގުތަކުގައި ނިޝާން ހަރުކުރުން
  • މަގު ބައްތި ހަރުކުރުމާއި މަގުބައްތިއަށް ބޭނުންވާ ކަރަންޓު ކޭބަލް އެޅުން
  • އަދި ސްޕީޑް ބްރޭކަރު ހެދުންވެސް ހިމެނެއެވެ.