އިންޑިއާގެ މުމްބާއީ އިން ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ޑައިރެކްޓް ފްލައިޓް ފަށަން ތައްޔާރުވެއްޖެ އެވެ.

މިއަދު ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އައިލެންޑް އޭވިއޭޝަންސް ގެ މެނޭޖިންގ ޑިރެކްޓަރ މިހާދު ވިދާޅުވީ މުމްބައި އިން މާފަރަށް ޑައިރެކްޓް ފްލައިޓުތައް ފެށުމަށް މިހާރު ތައްޔާރުވެ، އޭޕްރިލް 13 ވަނަ ދުވަހު ފުރަތަމަ ފްލައިޓު މުމްބައި އިން މާފަރަށް ފުރަތަމަ ފްލައިޓު ޖެއްސުމަށް ހަމަޖެހިފައިވާ ކަމަަށެވެ.

"އެކަމާއި ބެހޭގޮތުން ހުރިހާ ތައްޔާރީތައްވެ، އަޅުގަނޑުމެންގެ ޓީމުން ވަނީ އެހިސާބުގެ ރިސޯޓުތަކާއި އަދި ބައެއް ގެސްޓްހައުސް ތަކާއެކު ވެސް މަސައްކަތް ކުރެވިފަ. އަޅުގަނޑު އުންމީދު ކުރަނީ މިފުރުސަތު އެހިސާބުގެ ހުރިހާ ރިސޯޓުތަކާއި ގެސްޓްހައުސްތަކުން ފުރިހަމައަށް ބޭނުން ކުރާނެ ކަމަށް" މިހާދު ވިދާޅުވިއެވެ.

އެގޮތުން މި ދަތުރުތައް ފަށާއިރު ހަފްތާއަކު ތިން ފްލައިޓް މުމްބާއީ އިން މާފަރަށް ބާއްވާނެކަމަށް ވިދާޅުވި އެވެ. އަދި އިންޑިއާގެ އިތުރު އެހެން ސިޓީއަކުން ވެސް ރާއްޖެއަށް ވަރަށް އަވަހަށް ދަތުރު ފެށޭނެކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.