ދަނޑި އަލުވި އަކީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ހައްދަމުން ގެންދާ މިބާވަތަކީ ދުނިޔޭގެ 800 މިލިޔަން މީހުންގެ މައިގަނޑު ކާނާގެ ގޮތުގައި ހިމެނިފައިވާ ބާވަތެކެވެ. އަދި ރާއްޖޭގައި ޒަމާނުންސުރެ ހައްދާ، އަދި ކެއިންބުއިމުގައިވެސް ޑިމާންޑް ބޮޑު ބާވަތެކެވެ.
މި ހަފްތާގެ ރަހައިގައި މި ގެނެސްދެނީ ދަނޑި އަލުވި ރޮށި ތައްޔާރުކުރާނެގޮތެވެ.
ބޭނުންވާ ތަކެތި
50 ގ. ދަނޑި އަލުވި (ފެނުކައްކާ ގާނާފައި ހުރި)
60 ގ. އާޓާފުށް.
1 ގ. ރޯމިރުސް (ތުނިކޮށް ކޮށާފައި)
10 ގ. ފިޔާ(ގާނާފައިހުރި)
10 އެމްއެލް ލުނބޯ ހުތް
3 ގ. ހިކަނދިފަތް( ތުނިކޮށް ކޮށާފައި)
1/2 ގ. ލޮނު
ތައްޔާރުކުރާނެ ގޮތް
ފުށާއި އެއްކޮށް ހުރިހާ ބާވަތް މޮޑެފައި ކުޑަ ފެން ފޮދެއްވެސް އެއްކޮށްފައި ފުށްގަނޑު ދަމާލެވޭވަރަށް މޮޑެލާށެވެ. ދެން ކުދިކޮށް ގުޅަގުޅަ ކަނޑާފައި ރޮށި ދަމާ ގޮތަށް ދަމާފައި ރޮށި ފިހެލާށެވެ.
ނިއުޓްރިޝަންގެ އެކި މާއްދާތައް ލިބޭނެކަމަސް ލަފާކުރެވޭ މިންވަރަު
އެނާޖީ 290 ކެލަރީޒް
ޕްރޮޓީން 7.98 ގްރާމް
ފެޓް 1.14 ގްރާމް
ކާބޯހައިޑްރޭޓްސް 61.73 ގްރާމް
ފައިބަރ 2 ގްރާމް
އަޔަން 3.04
ޕޮޓޭސިއަމް 337.7 މިލިގްރާމް
ވިޓަމިން ސީ 10.3 މިލިގްރާމް
ފޮލޭޓް 35.4 މައިކްރޯ ގްރާމް
https://sarukaaru.gov.mv/articles/7180