މިއަހަރު ދިވެހި ޙައްޖުވެރިންގެ އިސް ޝައިޚަކަށް ވަޑައިގަންނަވާނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ ނާއިބު އައްޝައިޚް މުޠީޢު އިސްމާއިލްއެވެ.
މިކަން އިޢުލާން ކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ރޭގައި ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ.
ވަޒީރުގެ ނާއިބު އައްޝައިޚް މުޠީޢު އިސްމާޢިލްއަކީ ސަޢުދީ އަރަބިއްޔާގެ ޤަސީމް ޔުނިވާސިޓީއިން މަތީ ތަޢުލީމް ޙާސިލްކުރައްވާފައިވާ ބޭފުޅެކެވެ.
https://islamicaffairs.gov.mv/28349