މި ސައިކަލުގައި ފުރޮޅުތަކުގެ ބަދަލުގައި ހަރުކޮށްފައި ވަނީ ވަށް ބޯޅަތަކެކެވެ. މި އިލެކްޓްރިކް ސައިކަލަކީ، އިނގިރޭސިވިލާތުގެ އީޖާދުވެރިޔާ އަދި ޔޫޓިއުބަރު ޖޭމްސް ބްރޫޓަންގެ އުފެއްދުމެކެވެ.
މިއީ މިހާތަނަށް އޭނާ އުފެއްދި އެންމެ އާދަޔާ ހިލާފު އަދި އެންމެ ޝައުގުވެރި އެއް އުފެއްދުމެވެ. މިސައިކަލުގެ ގިނަ ބައިތަކަކީ، 3ޑީ ކޮށް އޭނާ އަމިއްލައަށް ޕްރިންޓުކޮށްފައިވާ ތަކެއްޗެވެ.
މި ސައިކަލަކީ، މަގުމަތީގައި އާންމު ގޮތެއްގައި ދުއްވަން ޚާއްޞަ ކުރެވިފައި ނުވާ ތަޖުރިބާ އުޅަނދެކެވެ.
ބްރޫޓަން ވަނީ މި ސައިކަލު އުފައްދަން ބޭނުންވާ ފަރާތްތަކަށް އޭނާގެ ހުރިހައި ކެޑްފައިލެއް އޮންލައިންކޮށް ލިބޭ ގޮތް ހަދައި ދީފައެވެ.