ބަރަކާތްތެރި ރަމަޟާން މަހަށް މަރުހަބާކިއުމުގެ ގޮތުން ދިވެހި ފުލުހުންގެ ހިދުމަތުން މާހެފުން ބާއްވައިފިއެވެ.

އިސްކަންދަބިލްޑިންގގައި މިއަދު ބޭއްވި މި މާހެފުން ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.

މި މާހެފުމުގައި ދާހިލި ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިހުސާންއާއި ދައުލަތުގެ އެކި ވަޒީރުންނާއި، ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއުއާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީންއާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ދައުލަތުގެ އެކި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެލެެއްވިއެވެ.

މީގެ އިތުރުން، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންނާއި އެހެނިހެން ރޭންކު ތަކުގެ ފުލުހުންގެ އިތުރުން އާންމު މުވައްޒަފުން ވެސް މި މާހެފުމުގައި ބައިވެރިވިއެވެ.