ކޮސޮވޯއިން މައްސަލަ ޖެހިފައިވާ ޤުދުސްގައި އެމްބަސީއެއް ހުޅުވައި ޤުދުސްގެ ސިޔާދަތު އިޒްރޭލަށް އޮތް ކަމަށް އެއްބަސްވެއްޖެއެވެ. މިއީ މުސްލިމުންގެ ބައި ގިނަ ގައުމަކުން ޤުދުސްގައި އެމްބަސީ ހުޅުވައި، ޤުދުސްއަށް އިޒްރޭލުގެ ސިޔާދަތެއް އޮތްކަމަށް ގަބޫލުކުރި ފުރަތަމަ ގައުމެވެ.

ކޮސޮވޯއަކީ ސަރބިޔާއާ އެކު ހަނގުރާމައެއް ކޯށް ސަރބިއާއިން ވަކިވެފައިވާ ތަނެކެވެ. ސަރބިޔާއިން ކޮސޮވޯގެ މިނިވަންކަން ބަލައެއް ނުގަނެއެވެ. އަދި ސަރބިއާއިން ދެކެނީ އެއީ ވަކިވެގެން އުޅޭ ބާޣީ ބައިގަނޑެއް ކަމަށެވެ.

ސަރބިއާގެ ބައިވެރިން ކަމަށްވާ ޗައިނާއާއި ރަޝިޔާއިންވެސް ކޮސޮވގެ މިނިވަންކަން ބަލައެއް ނުގަނެއެވެ. އެހެނަސް ޔޫރަޕުން ވަނީ ކޮސޮވޯ މިނިވަން ތަނެއްކަމުގައި ބަލައިގެންފައެވެ.

ކޮސޮވޯގެ ނިންމުމަށް ޔޫރަޕާއި މުސްލިމު ގައުމުތަކުން ވަނީ ފާޑު ކިޔާފައެވެ. ޤުދުސްއަކީ އިޒްރޭލާއި ފަލަސްތީންގެ ދެމެދު ސުލްހައިގައި މައްސަލަ ބޮޑުވެފައިވާ ސަރަހައްދެވެ. އިޒްރޭލުން ބުނަނީ ދުސްއަކީ އިޒްރޭލުގެ ބައެއް ކަމަށެވެ. އެކަމަކު ބައިނަލްއަގްވާމީ ގާނޫނު އެކަން ބަލައެއް ނުގަނެއެވެ.