ދިވެހިރާއްޖޭގައި އެންމެ އަމާނަތްތެރިކަމާއެކު ހިނގާ މުއައްސަސާއަކީ ޒަކާތާއި ބެހޭ އިދާރާކަމާއިމެދު ޝައްކު ނުކުރައްވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރުންނާއި ސުވާލުކުރެެއްވުމުގެ ފުރުސަތު އާއްމުންނަށް ފަހިކޮށްދިނުމަށް ކުރިއަށް ގެންދާ "އަހާ ފޯރަމް"ގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ޒަކާތު ހައުސްއަކީ އަކީ އެންމެ އަމާނަތްތެރިކަމާއެކު ހިނގާ މުއައްސަސާކަމަށާއި އެތަނުގެ އަގު ވައްޓާލުމަށް އެކި ވާހަކަތައް ދެއްކި ނަމަވެސް، އެތަނުގެ އަމާނަތްތެރިކަމާއިމެދު އެއްވެސް ޝައްކެތް ނެތްކަމަށެވެ.

"ދިވެހިރާއްޖޭގެ ތަނަވަސްކަމުގެ އަހުލުވެރިންނަށް އަޅުގަނޑު ދަންނަވާލާނީ ތިބޭފުޅުންގެ ޒަކާތު ހައުސްއޭ މިއީ. މުއައްސަސާގެ އަގު ވައްޓާލުމަށް އެކި ވާހަކަތައް ދައްކާނެ. އެކަމަކު ދިވެހިރާއްޖޭގައި އެންމެ އަމާނާތްތެރިކަމާއެކު ހިނގާ އެއް މުއައްސަސާއަކީ ޒަކާތާބެހޭ އިދާރާކަމާމެދު އަޅުގަނޑު ޝައްކުނުކުރަން." ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ޒަކާތަށް ހޭލުންތެރިކުުރުމަށް ޒަކާތު ހައުސްއިން ކުރިއަށް ގެންދާ މަސައްކަތްތަކާއެކު ފާއިތުވެދިޔަ އަހަރަކީ ދިވެހިރާއްޖޭގެ ތާރިހުގައިވެސް ޒަކާތުގެ ގޮތުގައި އެންމެ ގިނަ އަދަދަކަށް ފައިސާ ލިބުން އަހަރުކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

ފާއިތުވެދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ.

https://sarukaaru.gov.mv/articles/7189