އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން މިއަހަރުގެ ތެރޭގައި 41 މަޝްރޫޢު ކުރިއަށްދާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ރޭ ކުރިއަށްދިޔަ "އަހާ ފޯރަމް"ގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މިއަހަރުގެ ތެރޭގައި ކުރިއަށްދާ 41 މަޝްރޫޢުގެ ތެރޭގައި ހިމެނެނީ މިހާރު ފަށާފައިވާ 35 މަޝްރޫއުއަކާއި އަލަށް ފެށުމަށް ހަމަޖެހިފައިވާ 6 މަޝްރޫއުއެއްކަމަށެވެ.
ވަޒީރު ވިދާޅުވީ، ނޮވެންބަރު 2023 އިން ފެށިގެން މިހާތަށް 96 މިލިޔަން ރުފިޔާ މިސްކިތްތައް ބިނާކުރުމަށާއި އިސްލާމީ މަރުކަޒުތައް ބިނާކުރުމަށް ސަރުކާރުން ހޭދަކޮށްފައިވާކަމަށާއި މިސްކިތްތައް މަރާމާތު ކުރުމަށް 8 މިލިޔަނަށްވުރެ ގިނަ ރުފިޔާ މިދިޔަ އަހަރު ހޭދަކުރެވިފައިވާކަމަށެވެ.
މީގެ އިތުރުން މިހާރު ކުރިއަށްދާ ބައެއްް މުހިއްމު މަސައްކަތްތަކަށް އަލިއަޅުވާލާ ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ރ. އުނގޫފާރު އިސްލާމިކް ސެންޓަރުގައި ކާޕެޓު އެޅުމުގެ މަސައްކަތް ރަމަޟާން މަހުގެ ކުރިން ނިމޭނެކަމަށާއި، އިސްލާމީ މަރުކަޒުތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ވުޒާރާއިން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާކަމަށެވެ.
https://sarukaaru.gov.mv/articles/7187