ދިވެހިރާއްޖޭގައި އިސްލާމީ ނޫރު ދެމެހެއްޓެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެލައްވާފައިވާ ވަޢުދުތައް ހަޤީޤަތަކަށް ހެދުމުގެ މަސައްކަތް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރާނެކަމަށް، ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
"އަހާ ފޯރަމް"ގައި ވާހަކަފުޅުދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ރައީސްގެ ވަޢުދުތައް ފުއްދެވުމަށް ފާއިތުވެދިޔަ އަހަރުވެސް ވުޒާރާއިން ކާމިޔާބު ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށާއި ފާއިތުވެދިޔަ އަހަރު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މުހިއްމު ހަރުފަތްތަކެއް ގިރާކޮށްފައިވާކަމަށެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދަށުން މިހާތަނަށް ވުޒާރާއިން ކުރެވިފައިވާ މަސައްކަތްތަކާއި މެދު އުފާކުރައްވާކަމަށެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިސްލާމީ ވަޢުދުތައް ފުއްދުމަށް ވުޒާރާއިން މިހާތަނަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.
https://sarukaaru.gov.mv/articles/7184