ޗެކް ރިޕަބްލިކަށް، އިޒްރޭލުން ފަސްހާސް ވެކްސިން ދިނުމުން، ޤުދުސްގައި ޗެކް އެމްބަސީގެ އޮފީގެ ހުޅުވައިފިއެވެ. ޗެކް ރިޕަބްލިކުން ބުނެފައިވަނީ އިޒްރޭލަކީ ސްޓްރެޓެޖިކް ޕާޓްނަރެއް ކަމަށެވެ. އަދި މިއީ އިޒްރޭލާ ގުޅުން ބަދަހި ކުރުމުގެ ފިޔަވަޅެއް ކަމަށެވެ.

ޕަލަސްތީނުގެ ސަރުކާރާއި އަރަބި ލީގުން ވަނީ ޗެކް ޖުމްހޫރިއްޔާގެ މި ނިންމުން ކުށްވެރިކޮށްފައެވެ.

ޗެކް ރިޕަބްލިކުން މިފިޔަވަޅު އަޅާފައިވަނީ އިޒްރޭލުން އެގައުމަށް މޮޑަރނާގެ ފަސް ހާސް ވެކަސިން ދިނުމުންނެވެ. ޕްރާގުން މިކަން ސިފަކޮށްފައިވަނީ ވެކްސިން ޑިޕްލޮމެސީގެ ގޮތުގައެވެ.

ޗެކް ރިޕަބްލިކް ގެ ކޮރޯނާ ޗޮކޮލެޓް ބޯލްސް

އިޒްރޭލާއި ފަލަސްތީނާ ދެމެދު އެންމެ ބޮޑު މައްސަލައަކަށްވެފައިޥާ ޤުދުއަސްއަކީ 1967 ގެ ހަނގުރާމައިގައި އިޒްރޭލުން ހިފާފައިވާ ބިމެކެވެ. ފަލަސްތީނުން ގަބޫލުކުރާ ގޮތުގައި މިއީ އެމީހުންގެ މުސްތަގްބަލުގެ ވެރިރަށެވެ.

ޕްރާގުން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ކުޑަ އޮފީސް ހުޅުވުމަކުން ޗެކު ޖުމްހޫރިއްޔާއިން ފަލަސްތީނާ އެކު ގުޅުން ބަދަހިކުރުމަށް ހުރަހެއް އެޅިގެނެއް ނުދާނެއެވެ.

ގުދުސްއަކީ އިޒްރޭލުގެ ވެރިރަށް ކަމުގައި ބަލައިގެންފައިވަނީ އެމެރިކާ އާއި ގުއެޓެމާލާއިން އެކަންޏެވެ. އަރަބި އަޚުން، އިޒްރޭލާ ގުޅުން ގާއިމް ކުރަމުން ދާއިރު އެހެން ބައެއް ގައުމުތަކުން ގުދުސްއަށް އެމްބަސީ ބަދަލުކުރުމަށްވެސް ދަނީ މަސައްކަތް ކުރަމުން ވިސްނަމުންނެވެ.

ޗެކް ރިޕަބްލިކް އިން އާދަޔާ ޚިލާފް ބައެއް ކަންކަން މިފަހުން ފެނެއެވެ. ޗެކް ރިޕަބްލިކް އަކީ އެއް ޗައިނާގެ ސިޔާސަތު ގަބޫލުކުރާ ޗައިނާއާއެކު ގުޅުން ގާއިމް ކޮށްފައިވާ ގައުމެކެވެ. އެހެން ނަމަވެސް ބައެއް މަސްއޫލު ވެރިން ވަނީ ޓައިވާނަށް ގޮސް ގުޅުން ގާއިމް ކުރުމުގެ ވާހަކަތައް ދައްކައި ޓައިވާނުން އެހީ ހޯދުމަށް މަސައްކަތް ކޯށްފައެވެ. ހަރުކަށި އިބާރާތުން ޗައިނާ އިން މިކަން ކުށްވެރިކުރުމުން ޕްރާގުން ވަނީ މައާފަށްވެސް އެދިފައެވެ.