ނ. ޅޮހިން މިހާތަނަށް 13 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑިރެކްޓަރ އަހުމަދު ނަސީރު ވިދާޅުވީ އިއްޔެ ޕޮޒިޓިވްވި 6 މީހުންނާއިއެކު މިހާތަނަށް ޖުމްލަ 13 މީހަކު ޕޮޒިޓިވް ވެފައިވާކަމަށެވެ.
މިހާތަނަށް ޕޮޒިޓިވްވި އެންމެންނަކީވެސް ކަރަންޓީންގައި ތިބެ ނެގި ސާމްޕަލް ތަކުން ޕޮޒިޓިވްވި މީހުންކަމަށެވެ.
ޅޮހިން ކޮވިޑް-19 އަށް ޓެސްޓްކުރި 39 މީހެއްގެ ނަތީޖާ އަދި ނުލިބެއެވެ. މިހާތަނަށް ޓެސްޓް ކުރި މީހުންގެ ތެރެއިން 58 މީހެއްގެ ނަތީޖާ ވަނީ ނެގެޓިވް ވެފައެވެ.
ކޯވިޑް-19 އާއި ގުޅިގެން އަތޮޅު ތެރޭގެ ބައެއް ރަށްތަކުގައިވެސް ހާލަތުވެ ގޯސްވެ މޮނިޓަރިންއަށް ލާފައިވައިވެއެވެ. މިހާރުވެސް ދެ ރަށެއް މޮނިޓަރިންގައި ވެއެވެ.