ބާލިންގައި ހަމަލައެއް ދޭން އުޅުނު ކަމުގެ ތުހުމަތުގައި ޗެޗްނިޔާގެ މީހަކު ހައްޔަރުކޮށްފިއެވެ. ޖަރުމަނުން ހައްޔަރުކޮށްފައިވާ އުމުރުން 18 އަހަރުގެ މީހާ ހަމަލަ ދޭން އުޅުނީ ޒަޔަނިސްޓުންގެ އެމްބަސީއަށް ކަމަށް ތުހުމަތު ކޮށްފައި ވެއެވެ. މިކަން މެދުވެރިވެފައި ވަނީ، ޖަރުމަން އާންމު އިންތިޚާބުގެ ދެ ދުވަސް ކުރިން ނެވެ.

"ބާލިންއަށް ހަމަލާ ދިނުމުގެ ޕްލޭނެއް އޮތް ކަމުގެ މައުލޫމާތު ލިބުމާއި އަދި ޕްރޮސިކިއުޓާ ޖެނެރަލްގެ އިރުޝާދުގެ ދަށުން ވަރުގަދަ ތަހުގީގުތަކަށް ފަހު" އެމީހާ ހައްޔަރުކުރީ ކަމަށް ދެ ފަރާތަކުން މީޑިއާއަށް މައުލޫމާތު ދެއެވެ.