އިނގިރޭސިވިލާތުގެ ނަސްލީ ތަފާތު ކުރުމުގެ މައްސަލަ އިންޑިއާ ޕާލަމެންޓްގައި ބަހުސްކޮށްފިއެވެ. މި މައްސަލަ ވެއްދީ، ބީޖޭޕީއަށް ނިސްބަތްވާ އޮޑީޝާ ސްޓޭޓްގެ އެމްޕީއެކެވެ. އޭނާ ވަނީ ޑަޗެސް އޮފް ސަސެކްސް މޭގަން މަރކްލްއާއި އޮސްކްސްފޯރޑް ޔުނިވަރސިޓީގެ ޔޫނިއަންގެ ފުރަތަމަ އަންހެން ރައީސާ، އިންޑިއާ ދަރިކޮޅުގެ ރޭޝްމީ ސަމަންޓް އާ ކުރިމަތި ކުރިވި، ނަސްލީ ތަފާތު ކުރުމުގެ މައްސަލަ ޕާލަމެންޓަށް ބަހުސަށް ގެންނަވާފައެވެ. މިއާ ގުޅިގެން އިންޑިއާގެ ޚާރިޖީ ވަޒީރު ޛަޔަޝަންކަރު ވިޑދާޅުވީ، އިންޑިއާއިން މިމައްސަލަ އިނގިރޭސި ސަރުކާރާއެކު ބަހުސް ކުރާނެ ކަމަށެވެ.

ސަމާންތު އޮސްކްފޯރޑް ޔުނިވަރސިޓީގެ ޔޫނިއަންގެ އަންހެން ފުރަތަމަ ރައީސާއަކަށް އިންތިޚާބު ވުމަށްފަހު އޭނާއަށް ސައިބަރފޯރަމްތަކުގައި ގަނާކޮށް، އޭނާގެ މައިންބަފައިންގެ ދީނަށް ހަޖޫޖެހުމުގެ ސަބަބުން ފަސް ދުވަސްފަހުން މަގާމުން އިސްތިއުފާ ދިނުމަށް އޭނާއަށް މަޖުބޫރު ކުރުވިއެވެ.

އޭނާއަކީ، އޮކްސްފޯރޑް ޔުނިވަރސިޓީގައި އެނަރޖީ ސިސްޓަމްސްއިން މާސްޓަރސް އިން ސައިންސް ހަދަމުންދާ ދަރިވަރެކެވެ.

ޖަޔަޝަންކަރު ވިދާޅުވީ، މަހާތުމާ ގާނދީގެ ގައުމުގައި މިފަދަ ނަސްލީތަފާތު ކުރުންތަކާމެދު ނިކަން ބޮޑަށް ނުތަނަވަސް ވެއެވެ. އަދި އިނގިރޭސިވިލާތަކީ ގިނަ އަދަދަކަށް އިންޑިއާ ދަރިކޮޅުގެ މީހުން ދިރިއުޅެމުންދާ ގައުމެއްކަމުން އިނގިރޭސި ސަރުކާރާއެކު އިންޑިއާއިން މިމައްސަލަ ނަގާނެ ކަމަށެވެ.

ދާދި އިހަށްދުވަހަކު އިނގިރޭސި ޕާލަމެންޓްގައި އިންޑިއާގެ ދަނޑުވެރިންގެ މޖުޒާހަރާތަކާ ބެހޭ ކޮށް ބަހުސް މޮޅު ތަގްރީރުތަކެއް މެންބަރުން ކޮށްފައި ވެއެވެ. މިމައްސަލާގައި ނިއު ދިއްލީގައި ހުންނަވާ އިނގިރޭސި ހައިކޮމިޝަނަރ އެކްސްޓަރނަލް އެފެއާޒް މިނިސްޓްރީއަށް ގެންނަވައި، އިންޑިއާއިން ވަނީ އިހުތިޖާޖް ކޮށްފައެވެ.