އުތުރުތިލަފަޅު އެއްބަސްވުންކަމަށް ބުނެ ދޮގު މައުލޫމާތު ފެތުރި މައްސަލަ ބެލުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
ކުއްލި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިންއެވެ.
އެ ކުއްލި މައްސަލައިގައި ބުނެފައިވަނީ ސިފައިންގެ އަގުވައްޓާލާ ސިފައިންގެ އިސްވެރިން ރިޝްވަތު ނެގި ކަމަށްބުނެ އަދި އުތުރު ތިލަފަޅު އެއްބަސްވުންކަމަށް ބުނެ ދޮގު މައުލޫމާތުތަކެއް ފެތުރި މައްސަލަ ބެލުމާއި އެކަމުގައި ޝާމިލުވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލާކަމަށެވެ.
މި ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން މެމްބަރު މުހައްމަދު ރަޝީދު ވިދާޅުވީ ކުއްލި މައްސަލަ ހުށަހެޅީ ދިވެހި ރައްޔިތުންނަށް ކަމުގެ ހަގީގަތް އޮޅޭގޮތަށް އަދި ދިފައިންގެ ބޮލުގައި ދޮގު އިލްޒާމް އަޅުވާތީ ކަމަށެވެ.
މެމްބަރު މުހައްމަދު ރަޝީދު ވިދާޅުވީ މިފަދަ ދޮގު ލިޔުން އުފައްދާ ފަތުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅަންޖެހޭކަމަށެވެ.