އިންޑިއާގައި އިއްޔެ ހުޅުވާލި ބިމު އަޑީގެ މަގަކީ ބޭރުފަރާތްތަކުންވެސް އިންޑިއާއަށް އައިސް ދިރާކުރަން ރަނގަޅު ކަމެއްކަމުގައި އިންޑިއާގެ ބޮޑު ވަޒީރު މޮދީ ވިދާޅުވެއްޖެއެވެ. މިއީ ދުނިޔޭގެ އެންމެ އުހުގައި ބިމު އަޑީގައި ދަތުކުރަން ހަދާފައިވާ މަގެކެވެ.
އަޓަލް ޓަނަލް އަކީ 9800 ފޫޓު މަތީގައި، މާނައަކީ ދުނިޔޭގެ އެންމެ އުސް، އެންމެ ދިގު، ބިމުއަޑީ މަގެވެ.
9.2 ކިލޯމީޓަރުގެ މިމަގުން ހިމާޗަލް ޕްރަދޭޝްއިން ލަދާކްއަށް ދާން އޮންނަ ރާސްތާ ވަރަށް ބޮޑުތަން ކުރުކޮށްލައެވެ.
ހިމާޗަލް ޕްރަދޭޝްގެ މަނާލީން ލަދާކްގެ ލެހްއަށް އޮންނަ 747 ކިލޯމީޓަރުގެ ރާސްތައަކީ އަށްގަޑިން ކަޑައްތު ކުރެވޭ ރާސްތާއެކެވެ. މިހާރު މި ރަސްތާ ދެ ގަޑިއިރާ ބައިގެ ތެރޭގައި 46 ކިލޯމީޓަރަށް ކުރުވެގެން ދާނެއެވެ.
މިތާގެ މަސައްކަތް ފަށާފައި ވަނީ އިންޑިއާގެ ބޮޑު ވަޒީރު އަޓަލް ބިހާރީ ވަޖްޕާއީގެ ވެރިކަމުގައެވެ. އެހެންވެ. މި ޓަނަލަށް ނަންދީފައިވަނީ އަޓަލްގެ ނަމުންނެވެ.
މި ޓަނަލް ހަދފައިވަނީ ގަޑިއަކު 80 ކިލޯމީޓަރުގެ ބަރު މިނުގައި ދުއްވާ ގޮތަށެވެ. އަދި މީގެ ސަބަބުން ކުރިން އިންޑިއާގައި ފިނުމޫސުމްގައި އެކަހެރިވާ މިސަރަހައްދު އަބަދުވެސް އިންޑިއާއާ ގުޅިފައި އޮންނާނެއެވެ.
ދުވާލެއްގެ މައްޗަށް ތިންހާސް ވެހިކަލް މިޓަނަލުން ދަތުރުކުރާނެ ކަމަށް ބެލެވެއެވެ.
ހިމާޗަލް ޕްރަދޭޝްއިން ވިސްނާފައިވަނީ މިތާގައި ބޭނުންކުރާ ބަހަކީ ފަރުބަދަ މަތީ ސަރަހައްދުގެ ގުދުރަތީ ރީތި މަންޒަރު ބެލުމަށް ހިމާޗަލްގައި ޚާއްސަކޮށްފައިވާ ވިސްޓާޑޯމް ބަސްތަކަށް ހެދުމަށެވެ.
މި ޓަނަލްގައި ކޮންމެ 150 މީޓަރަކުން ފޯން ކޮނެކްޓިވިޓީ ހަމަޖެހިފައި ވެއެވެ. އަދި ކޮންމެ 60 މީޓަރަކުން އަލިފަން ނިއްވާ ނިޒާމް ގާއިމް ކުރެވިފައި ވެއެވެ. އަދި ސަލާމަތީ އެތައް ފަސޭހަތަކެއްވެސް ހިމަނާފައި ވެއެވެ.