ޗައިނާ ވެކްސިންއަށް ހުއްދަ ދިނުމުގެ ޓްރާންސްޕޭރެންސީގެ މައްސަލައާ ހެދި ޗައިނާ ވެކްސިންގެ މަގްބޫލުކަން ދަށްވެފައި ވުމުން އިތުރު ފިޔަވަޅެއް އަޅަން ބެއިޖިންގ އިން ނިންމައިފިއެވެ. ދެކުނު އޭޝިއާގެ ބައެއް ގައުމުތަކުގައި އިޢްލާންކޮށްފައިވާ ގޮތުން ޗައިނާގެ ވެކްސިން ޖަހާފައިވާ މީހުންނަށް ޗައިނާ ވިސާ ލިބޭނެއެވެ.
ޗައިނާއިން ވަނީ އަމިއްލައަށް އުފައްދާފައިވާ ހަތަރު ވެކްސިނެއް ހުއްދކޮށްފައެވެ. ނަމަވެސް ޗައިނާގެ ވޫހާނުން ފެށިގެން އައިސްފައިވާ ކޮރޯނާ ވައިރަސްއަށް ބޭރުގައުމުތަކުން އުފައްދާފައިވާ އެއްވެސް ވެކްސިންއެއް ޗައިނާއިން އަދި ހުއްދަކޮށްފައެއް ނުވެއެވެ.
ޗައިނާއަށް ވަންނަ މީހުން ތިން ހަފްތާގެ ކުއެރެންޓައިންއެއް ފުރިހަމަ ކުރަން ޖެހެއެވެ.
ޗައިނާއިން މަސައްކަތް ކުރަމުން ދަނީ ކޮރޯނާ އުފެދުމުގައި ޗައިނާއަށް އަމާޒުވެފައިވާ ފާޑުކިޔުމުން ސަލާމަތް ވުމަށްޓަކައި، ވެކްސިން ޑިޕްލޮމެސީ ބޭނުން ކުރަމުންނެވެ. ޗައިނާއިން ވެކްސިން ހަދިޔާކޮށްފައިވާ ރަހްމަތްތެރި ގައުމެއްކަމަށްވާ ކެމްބޯޑިއާގެ ބޮޑު ވަޒީރާއި މަޖިލީހުގެ ރައީސާއި ސަރުކާރު ވެރިން ޖައްސަވާފައިވަނީ އިންޑިއާއިން ފޮނުވާފައިވާ އެސްޓްރާޒެނެކާގެ ވެކްސިނެވެ.