ކެންޔާގައި ޗައިނާ ރޯޑް އެންޑް ބްރިޖް ކޯޕަރޭޝަނުން ހަދާފައިވާ ރޭލްވޭގެ އެއްބަސްވުން ބާޠިލުކޮސް ސަރުކާރަށް އެތަން ނަގަން ނިންމައިފިއެވެ. އައްސޭރިފަށުގައޮ އޮންނަ މޮމްބާސާއިން ނެއިރޯބީއަށް ހަދާފައިވާ ރޭލްވޭ އަކީ ޗައިނާއިން ހަދައި ނިންމާފައިވާ ޕްރޮޖެކްޓެކެވެ. 480 ކިލޯމީޓަރުގެ މި ރޭލްވޭ އޮޕަރޭޓް ކުރަމުން އައީ ޗައިނާ ކުންފުނިންނެވެ.

މި މަޝްރޫއަށް ބޮޑު އަދަދކުން ޗައިނާއިން ނަގާފައިވާ ލޯން ދެއްކުމަށް ދަތިވެފައިވާ ކަމަށް ސަރުކާރުން ވަނީ އެތައް މުނާސަބާއެއްގައި ބުނެފައެވެ. މި މަޝްރޫއުން މިއަދާ ހަމައަށް ފައިދާއެއް ދައްކާފައެއް ނުވެއެވެ.

ކެންޔާ ސަރުކާރުން ބުނާ ގޮތުގައި މި މަޝްރޫއު ގެއްލުމުގައި ހިނގަމުން ދަނީ ރޭލްވޭ ހިންގުމުގެ ހޭދަ ބޮޑު ވެގެންނެވެ. އެހެންވެ، ހޭދަ ކުޑަ ކުރުމުގެ ގޮތުން ސަރުކާރުން މި ރޭލްވޭގެ އެގްރިމެންޓް އުވާލައި ޗައިނާ ކުންފުނިން ނަގަން ނިންމީއެވެ. ދެފަރާތުގެ އެއްބަސްވުން ބުނާ ގޮތުން މި ރެއިލްވޭގެ ފުރަތަމަ ފަސް އަހަރު ދުވަހު ހިންގާނީ ޗައިނާ ކުންފުނިންނެވެ.

ރޭލްވޭ އޮޕަރޭޓް ކުރި ފުރަތަމަ އަހަރުވެސް އެކުންފުންޏަށް ލިބުނު ގެއްލުން ފޫބެއްދުމުގެ ގޮތުން ޗައިނާ ކުންފުންޏަށް ކެންޔާ ސަރުކާރުން 340 މިލިއަން ޑޮލަރު ދައްކަން ޖެހުނެވެ. އެއީ އޮޕަރޭޝަންއާއި މެއިންޓެނަންސް ފީއާއެކު ދައްކަން ޖެހުނު އަދަދެވެ.