ވެގާ ބްރޭންޑްގެ ފަސް ބާވަތެއްގެ ދަޅުކާނާ ހެޕީމާކެޓުން ތަޢާރަފް ކޮށްފި އެވެ.

އެކުންފުނީން އަލަށް ތައާރަފް ކޮށްފައިވަނީ ވެގާ ބްރޭންޑްގެ 5 ވައްތަރެއްގެ ދަޅުކާނާއެވެ. އެއީ ފްރުޓް ކޮކްޓެއިލް، ބޭކްޑް ބީންސް، ރެޑް ކިޓްނީ ބީންސް، ޗިކް ޕީސް އަދި ގްރީން ޕީސް އެވެ.

ވެގާ ބޭކްޑް ބީންސް

މިއީ ގޭބިސީ ތަކުން ކުޑައިރުކޮޅެއް ތެރޭގައި ނާސްތާ ތައްޔާރު ކޮށްލަން ލިބޭ ލުޔެކެވެ. އާންމު ގޮތެއްގައި ބޭކްޑް ބީންސް ހަދައިގެން ރޮށްޓާއެކީ ކެވޭނެއެވެ. ނުވަތަ ދަޅުން ނަގާގޮތަށް ޕާންފޮއްޗަކާ އެކީވެސް ކާން ވަރަށް މީރުވާނެއެވެ.

ވެގާ ގްރީން ޕީސް

އޮށް ކީމިޔާ ފަދަ ހެދިކާ ހެދުމަށް އަދި ތަފާތު ވައްތަރުގެ ފްރައިޑް ރައިސް ހެދުމަށް ބޭނުން ކުރެވޭނެ ދަޅުކާނާއެކެވެ. ގްރީން ޕީސް އަކީ އިންޑިއަން ކާއެއްޗެހި ހެދުމަށް ވަރަށް ގިނައިން ބޭނުންކުރާ އެއްޗެކެވެ.

ވެގާ ފްރުޓް ކޮކްޓެއިލް

މިދަޅުގައި ހިމެނެނީ ލައިޓް ސިރަޕްތެރޭގައި ޕެއަރސް، ޕީޗް، އަލަނާސި، މޭބިސްކަދުރު، ޗެރީސް އެވެ. މިދަޅަށް ގެރިކިރު އަޅާ އެއްކޮށްލުމުން ރަހަމީރު ފްރުޓް ކޮކްޓެއިލްއެއް ހެދުނީއެވެ. މީގެ އިތުރުން ފްރުޓް ޓްރައިފަލް، ކަސްޓަޑް ކޭކް ފަދަ ރެސިޕީ ތަކަށް ވެސް ވަރަށް އެކަށީގެންވާ ފޮނި ރަހައެއްދޭ ފްރުޓް ކޮކްޓެއިލް ދަޅެކެވެ.

ވެގާ ރެޑް ކިޑްނީ ބީންސް

މިއީ ފައިބަރ ގިނަ، ސިއްހަތަށް ފައިދާ ހުރި އެތަކެއް މާއްދާއެއް ހިމެނޭ ދަޅުކާނާއެކެވެ. ފަސޭހައިން ތައްޔާރުކޮށްލަން ބޭނުންވާ ސެލެޑް ތެރެއަށް ރެޑް ކިޑްނީ ބީންސް ދަޅުން ނަގާ ސެލެޑް ތެރެއަށް އެއްކޮށްލުމުން ފައިބަރ ގިނަ، ރަހަމީރު ސެލެޑެއް ތައްޔާރުކޮށްލެވުނީއެވެ. މީގެ އިތުރުން ރެޑް ކިޑްނީ ބީންސް ބޭނުންކޮށްގެން ސޫޕް، ނާޗޯސް، ކެސެރޯލް ފަދަ މީރު ކާއެއްޗިހި ވެސް ތައްޔާރުކުރެވޭނެއެވެ.

ވެގާ ޗިކް ޕީސް

ތާޒާ ސަނާމުގުގެ ބަދުލުގައި މިދަޅު ބޭނުން ކުރުމުން ސަނާމުގު ކަށްކަން ނަގާ ވަގުތު ސަލާމަތްވެ، މީރު ސެލެޑް، ހުމުސް ފަދަ ޑިޝްތައް ވަރަށް ފަސޭހައިން ހަދާލެވޭނެއެވެ. ސަނާމުގަކީ ޕްރޮޓީން ވަރަށް ގިނަ، ހަޖަމުކުރުމުގެ ނިޒާމް ވަރުގަދަ ކޮށްދޭ ކާނާއެކެވެ. އެހެންކަމުން މިއީ ސިއްޙަތަށް ފައިދާހުރި އަދި ހިކެން ބޭނުންވާ ފަރާތްތަކުން ބޭނުންކުރުމުށް ވަރަށް އެކަށީގެންވާ ދަޅުކަނާއެކެވެ.

މިއަހަރު ރަމަޟާން މަހާއި ދިމާކޮށް އިތުރު 2 ޕްރީމިއަމް ބްރޭންޑެއްގެ އާ ޕްރޮޑަކްޓްތަކެއް ތައާރަފް ކުރަން ވަނީ ހަމަޖެހިފައި ކަމަށް ވެސް ހެޕީމާކެޓުން ބުނެފައިވެއެވެ. މީގެ އިތުރުން، އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުގެ ރަމަޟާން މަހާ ދިމާކޮށްވެސް ބައެއް ބާވަތުގެ މުދާ އަގުހެޔޮކުރެވޭނެ ކަމަށް ވެސް ބުނެފައިވެއެވެ.