މިވަގުތު ކޮވިޑް19 ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިދެނީ ހަމައެކަނި ހާއްސަ ހާލަތްތަކުގައި ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

އެޗްއީއޯސީން ބުނީ ރޫޓީންކޮށް ދެވަނަ ޑޯޒް ދޭން ނުފަށާ ކަމަށާއި އެމަޖެންސީ ހާލަތްތަކުގައި އާއި ފުރަތަމަ ޑޯޒް ޖެހުމަށްފަހު ދަތުރުކުރާ ފަރާތްތަކުގެ ތެރެއިން އަށް ހަފްތާ ތެރޭގައި އަނބުރާ ނާދެވޭ މީހުންނަށް ދެވަނަ ޑޯޒް ދެމުން އަންނަ ކަމަށެވެ.

ރާއްޖެ އިން 214،486 މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފަ އެވެ.

އިއްޔެ ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް މާލޭގައި ޖެހުން ވަނީ ނިންމާލާފައެވެ. ނަމަވެސް މިތާރީހުގެ ފަހުން ވެސް ބައެއް ފަރާތްތަކަށް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހުން ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ. އެގޮތުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިދޭނެ ފަރާތްތައް ވަނީ ކަނޑައަޅާފައެވެ