އައްޑޫ ސިޓީ މަރަދޫފޭދޫ އެސްޓިއޯ ފިހާރައިގެ ތިޖޫރީ ފަޅާލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ ފަތިހު 05:45 ހާއިރު އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އަދި މިހާތަނަށް ބެލި ބެލުމުން އެ ފިހާރައިގެ ތިޖޫރީ އިން 7000 ރުފިޔާ ވަގަށް ނަގާފައިވާކަން އެނގިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އޮފިޝަލް ވިދާޅުވީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.