ޓޯރީ މެކެންޒީ އޭނާގެ ފިރިހެން ދަރިފުޅުގެ ގޭގައި "މޯޝަން އެކްޓިވޭޓެޑް ކެމެރާ" އެއް ހަރު ކޮށްފައިވަނީ އޭނާގެ ދެއަހަރުގެ މާމަ ދަރިފުޅު ދަންވަރުގެ ވަގުތުތަކުގައި ނުފެންނަ ކޮންމެ ވެސް މީހަކާ ވާހަކަ ދައްކާ އަޑު އިވޭތީއެވެ.

ކެމެރާ ހަރު ކުރިތާ 4 ދުވަސް ފަހުން ބެލިއިރު އެ މާމަ އަށް ފެނުނީ ބިރުން ފިތް ކަނޑާއިގެން ދިޔަ މަންޒަރެކެވެ. އޭނާއަށް ފެނުނީ މާމަ ދަރިން ނިދާފައި ތިބި އެނދު ކައިރި ކޮޅަށް ހުރި ގޮތްނޭނގޭ އެއްޗެކެވެ. އޭގެ ދިގު ވަކިތަކެއް ހުރިއިރު ބޮލުގައިވެސް ދަޅުފަޅާފައި ހުރިކަމަށް ވެއެވެ. މީގެ އިތުރުން ފޮޓޯއިން ފެންނަ ގޮތުގައި 3 ޖެހުމުގެ ކުޑައިރުކޮޅެއް ކުރިން އޭތީ ހުރީ ފާޑަކަށް ކޮޅަށް މައްޗަށް ބަލާށެވެ.

އޭނާ އެ ކްރީޗާ ފައްސާލުމަށްޓަކައި ކަންތައްތައް ކުރުމުން ކަބަޑު ތަކުގެ ދޮރުތައް ހުޅުވި ކާރޓެއިންސްތައް ހުޅުވި މިއުޒިކް ވެސް އޭގެ އަމިއްލަ ޒާތުގައި ކުޅެވެން ފެށިކަމަށް ވެއެވެ.

ޓޯރީ މި ވާހަކަތައް ހިއްސާކޮށް އެހީއަކަށް އެދި ފައިވަނީ ފޭސްބުކް މެދުވެރިކޮށެވެ. ވަރަށް ގިނަ ބަޔަކު އެ ޕޯސްޓަށް ރައްދު ދީފައިވާއިރު ގިނަ ބަޔަކު ވަނީ އެގެ ދޫކޮށް ދިއުމަށް ލަފާ ދީފައެވެ. ބައެއް މީހުންވަނީ ގޮތްނޭނގޭ އެތި ޑީމަން އަކާ ވައްތަރުކަމަށް ބުނެފައެވެ. އެއް ބަޔަކު ޓޯރީ ހިއްސާކޮށްފައިވާ ފޮޓޯތަކަކީ ފޭކެއް ކަމަށް ތުހުމަތު ކުރުމުން އޭގޭ ރައްދުގައި ޓޯރީ ބުނެފައިވަނީ އޭނާ ބޭނުންވަނީ ހަމަ އެކަނި އޭނާގެ އާއިލާގެ ސަލާމަތް ކަމަށާއި ފޮޓޯތައް އެޑިޓުކުރެވޭނެހާ އިލްމެއް އޭނާގެ ނެތްކަމަށެވެ.

ލަސްވެގަސް އަށް ނިސްބަށްވާ ޓޯރީ ބުނެފައިވަނި އެންމެ ފުރަތަމަ އޭތި ފެނުމުން އޭނާއަށް ޝޮކެއް ލިބުނު ކަމަށެވެ. އަދި އެކަމަށް އަވަސް ހައްލެއް ގެންނަން ޖެހޭނެކަމަށް އޭނާއަށް ވިސްނުނެވެ.

ކުދިންގެ ކޮޓަރީގައި އަލިގުޅަ ޒާތު އެއްޗެއް ދަތުރު ކުރާކަމަށް ވަނީ ރިކޯޑް ކުރެވިފައިއެވެ. ނަމަވެސް ކެމެރާގައި މިހާރު ރިކޯޑް ކުރެވިފައިވާ އެތީގެ ސަބަބުން ކުދިންގެ ބައްޕަ ވަނީ އެކުދިން އޭނާގެ ކޮޓަރިއަށް ބަދަލުކޮށްފައިއެވެ.

އަހަންނަށް އެންމެ ފުރަތަމަ ވެސް ފާހަގަ ކުރެވުނީ އޭގެ ދެ ދަޅު، އެހެން ކަމުން އަހަރެންގެ ހިތް ބުނި އެއީ ޑީމަން އެއް ކަމަށް ޓޯރީ ބުނެފައިވެއެވެ.

"އަލި ގުޅަތައް ހުރި ވީޑިއޯތައް ފެނުމުން އަހަރެމެން ހީކުރީ ގޭ މީހަކު ކުދިން ދެކިލުމަށްޓަކައި އެ ކޮޓަރިއަށް ވަދެލަނީ ކަމަށް އެކަމަކު އެންމެ ފަހުން ފެނުނު އެތިން އަހަރެމެން މިތިބީ ބިރުން. އަހަރެން މި ފޮޓޯ ކުދިންނަށް ދައްކަން. އަހަރެންގެ 13 އަހަރުގެ ދަރިފުޅަށް ވެސް ދެއްކިން އޭނާ ހުރީ ވަރަށް ބިރުން. އަހަރެންގެ އެންމެ ދޮށީ ދަރިފުޅަށް ވެސް މި ދެއްކުމުން އޭނާއަށް ވެސް ޝޮކެއް ލިބުނު،" އޭނާ ބުނެފައިވެއެވެ.

"އެގަޑީގަ އެންމެން ވެސް ތިބީ ނިދާފަ އެހެން ވީމަ އެ ނުވާނެ އަހަރެންގެ ދަރިފުޅަށް ނޫނީ އޭނާގެ އަންހެނުން ކަމަކަށް, އަހަންނަށް ބޮޑަށް ހީވަނީ މީ ރޫހާނީ ކަމެއް ހެން،" ޓޯރީ ބުނެފައިވއެވެ.

މީގެއިތުރުން ކުދިން އެކުދިންގެ ބައްޕަގެ ކޮޓަރިއަށް ބަދަލުވިކަމަށާއި އަދި އެއްވެސް ގޯސް ކަމެއް އެމީހުންނަށް ނުވާ ކަމަށާއި 2 އަހަރުގެ މާމަ ދަރިފުޅު އެ ޑީމަން ދެކެ ބިރުން ނޫޅޭ ކަމަށް ޓޯރީ ބުނެއެވެ. އޭނާއަށް ހީވަނީ އޭތި އެއީ އެކުއްޖާގެ އެކެވެރިއެއް ކަމަށް ހީވާ ކަމަށެވެ. ނަމަވެސް އެއްދުވަހު އެ ކުއްޖާ ވަނީ އޭތިގާތު ދިއުމަށް ބުނެފައި ކަމަށްވެސް ޓޯރީ ބުނެއެވެ.

އިތުރަށް ޓޯރީ ބުނެފައިވަނީ އެންމެންވެސް ވަރަށް ސަޕޯރޓިވް ކަމަށާއި ހުރިހާ އެންމެންވެސް ކުރަންވީ ކަންތައްތަކާއި އެހީއަށް އެދި ދާންވީ ފަރާތްތައް ހިއްސާ ކުރާ ކަމަށެވެ. އަދި އޭނާގެ ދަރިފުޅު އެ އުޅޭ ދެ ކޮޓަރީގެ އެޕާރޓްމެންޓް އެޅިތާ އަދި ވާނީ ވިހި ވަރަކަށް އަހަރު ކަމުން އެތާނުގައި ރޫހާނީ ކަންތައްތަށް ދިމާ ވުމުން ހައިރާންވާ ކަމަށެވެ.