ޓެންޒޭނިއާގެ ރައީސް ޖޯން މަގުފުލީ އަވަހާރަވެއްޖެއެވެ. އޭނާގެ ނާއިބް ރައީސް ސާމިޔާ ހަސަން ވިދާޅުވީ މަގުފުލީ އަވަހާރަވީ ހިތުގެ އާލާސްކަންފުޅެއްގައެވެ.

މަގުފުލީ ލޮލަކަށް ނުފެނޭ

ކޮރޯނާ ވައިރަސް މާބޮޑު ކަމަކަށް ނުހައްދަވައި، ވެކްސިންއާ ދެކޮޅަށް ވާހަކަ ދެއްކެވި އެފްރިކާ ލީޑަރު އަވަހާރަވީ އުމުރުފުޅުން 61 އަހަރުގައެވެ.

ގައުމީ ދިދަ ބައިދަނޑިއަށް ތިރިކޮށް ސާދަ ދުވަހަށް ހިތާމަ ފާޅުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

މަގުފުލީ، ވަނީ، ފެބްރުއަރީ 27ން ފެށިގެން ގެއްލި ވަޑައިގެންފައެވެ. ޓެންޒޭނިއާއަކީ ކޮވިޑާ ގުޅޭ ގޮތުން ހާމަގޮތަކަށް މަޢްލޫމާތު ދެމުން ދިޔަ ގައުމެއް ނޫނެވެ. އަދި ޑަބްލިއުއެޗްއޯއާއި އެމެރިކާގެ މަސްއޫލުވެރިން ވަނީ ޓެންޒޭނިއާ ސަރުކާރަށް މި މައްސަލާގައި ސީރިއަސް ވުމަށް ގޮވާލައްވާފައެވެ. މިއީ ދައުރުގެ ތެރޭގައި ޓެންޒޭނިއާގެ ރައީސަކު އަވަހާރަވި ފުރަތަމަ ފަހަރެވެ.