ޙިޒުބުﷲ ޖަމާއަތުގެ އަތުން ހަތުޔާރު ނުހޯދާނަމަ، އެމެރިކާއިން ލުބުނާނަށް އަސްކަރީ އެހީ ދީގެން ނުވާނެ ކަމަށް ބުނާ ބިލެއް ކޮންގްރެސްއަށް ހުށަހަޅައިފިއެވެ.

މި ބިލް ހުށަހަޅުއްވާފައިވަނީ ޒަޔަނިސްޓުންގެ ވާގިވެރިކަމާއެކު އެފަރާތުން ފައިސާ ހޯދާ، ފްލޮރިޑާ ތަމްސީލު ކުރައްވާ ރިޕަބްލިކަން ޕާޓީގެ ކޮންގްރެސް މެންބަރު ގްރެގް ސްޓިއުބް އެވެ.

ސްޓިއުބްގެ މަގްސަދަކީ އިޒްރޭލުން ޙިޒްބުﷲއާ ދެކޮޅަށް ދިން ހަނގުރާމައިގެ ޖަރީމާގެ ހަނދާން ދެމެހެއްޓުމަށް ބިލެއް ފާސްކުރާށެވެ.

ނާޒީ ޒަޔަނިސްޓު އިޒްރޭލުން ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެތައް ހާސް ޕޭޖަރުތަކެއް ގޮއްވާލައި ޙިޒުބާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާއެއް ހިންގާފައެވެ.

މި ބިލަށް ދީފައިވާ ނަމަކީ، "ޕްރެވެންޓިން އާރމްޑް ގްރޫޕްސް ފްރޮމް އެންގޭޖިން އިން ރެޑިކަލިޒަމް އެކްޓް" ކުރުކޮށް (ޕޭޖަރު ގާނޫނު) އެވެ.