ނ. މަނަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ބަންގްލަދޭޝް ރައްޔިތެއް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ބަންގަލަދޭޝް ރައްޔިތެއްކަމަށްވާ ޝޮހެދް އުއްލާ، (35އ) އެވެ.
ފުލުހުން ވިދާޅުވީ ޝޮހެދް އުއްލާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ނ. މަނަދޫ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9792039 އަށް ގުޅުއްވައި މައުލޫމާތު ހިއްސާ ކުރެއްވުމަށެވެ. އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފުލުހުން ފާހަގަ ކުރެއްވިއެވެ.