އިންޑިއާ އާއި މޮރިޝަސް އިން ވަނީ ކަނޑުގެ ސަލާމަތާ ބެހޭ މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ނިންމާފައި ކަމަށް މޮރިޝިއަސްގައި ހުންނަވާ އިންޑިއާގެ ސަފީރު ވިދާޅުވެއެވެ. ސަފީރު ވިދާޅުވީ މި އެއްބަސްވުންތަކާއި ޕާޓްނާޝިޕްތަކުގައި ސޮއިކުރުން އޮންނާނީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މޮރިޝިއަސްއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައެވެ.
ހައިކޮމިޝަނަރު ވިދާޅުވީ މި އެއްބަސްވުންތަކުގެ މައިގަނޑު ބިނާވެފައި ވާނީ އިންޑިއާ ކަނޑުގެ ސަލާމަތީ ކަންކަމުގެ މައްޗަށެވެ. އެގޮތުން އިންޑިއާގެ ކަނޑުގެ ސިފައިންނާއި މޮރިޝަސްގެ ކަމާބެހޭ ފަރާތްތަކާ ދެމެދު "ވައިޓް ޝިޕިން" މައުލޫމާތު ހިއްސާކުރުމުގެ ފަންނީ އެއްބަސްވުމެއްގައި ސޮއިކުރުންވެސް ހިމެނެއެވެ. މިއީ، ކަނޑުގެ ސަރަހައްދުގެ ކޯޑިނޭޝަންއާއި ހޭލުންތެރިކަން އިތުރު ކުރުމަށް މުހިންމު އެއްބަސްވުމެއް ކަމުގައި ވެގެންދާނެއެވެ.
އިންޑިއާ ކަނޑުގެ ދަތުރުފަތުރުގެ ކަނޑުގެ މުހިންމު މަރުކަޒެއް ކަމަށްވާ މޮރިޝަސް އަކީ ޒަމާނުއްސުރެ އިންޑިއާއާ ގާތް އެކުވެރި ގައުމެކެވެ.
ސަފީރު އަނޫރާގް ސްރިވާސްޓަވާ ވިދާޅުވިގޮތުގައި މޮދީއަކީ މޮރިޝިއަސްގެ މިނިވަން ދުވަހުގެ ޝަރަފްވެރި މެހުމާނެވެ. އަދި މޮދީގެ ދަތުރުފުޅުގައި ސޮއިކުރާ އެހެން އެއްބަސްވުންތަކުގެ ވާހަކަ ވަނީ އަދި ސިއްރު ކުރެވިފައެވެ. ނަމަވެސް، ކަނޑުފޭރުމާ ދެކޮޅަށް މަސައްކަތްކުރުމާއި، ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ހަރުދަނާ ކުރުމާއި، ސަރަހައްދީ ހަމަޖެހުން ގާއިމް ކުރުމަށް ގުޅުމަށް މަސައްކަތް ކުރެވިދާނެ ދާއިރާތަކުން ދެ ލީޑަރުން މަޝްވަރާ ކުރައްވާނެ ކަމަށް ސަފީރު ވިދާޅުވިއެވެ.