އުމުރާ ވެރިންގެ ސުއާލުތަކަށް ޖަވާބު ދިނުމަށް މަސްނޫއީ ބުއްދި މަބް ބޭނުންކޮށްގެން އުފައްދާފައިވާ ރޮބޮޓް ޝެއިޚު ބޭނުން ކުރަން ފަށައިފިއެވެ. މަސްޖިދުލް ޙަރާމްގައި ރޮބޮޓް ޝެއިޚު ތައާރަފް ކޮށްދެއްވީ ޑރ. ޢަބްދުއްރަޙުމާން އައްސުދައިސްއެވެ.

ރަސްމީކޮށް "މަނާރާ ރޮބޮޓް" ގެ ނަމުން ނަން ދީފައިވާ މި ރޮބޮޓަކީ، އެތައް ބަހަކުން ވާހަކަ ދައްކާ މަސްނޫއީ ބުއްދި، މަބް އެކެވެ. އެސޮރުގެ ޑޭޓާބޭސްގައި އުމުރާއާ ގުޅޭ އެތައް ހާސް ސުއާލަކާއި ޖަވާބެއް އިންދާފައި ވެއެވެ. އެސޮރަށް ޖަވާބު ނުދެވޭ ވަރުގެ އުދަނގޫ ސުއާލެއް އައިސްފިނަމަ، ވީޑިއޯގެ ޒަރީއާއިން ސީދާ ޝެއިޚަކާވެސް ގުޅާލެވި މައުލޫމާތު ހޯދޭނެއެވެ.

މިއީ ސައުދީ އަރަބިއްޔާގައި ކުރިއަށް ގެންދާ ސްމާޓް ޑިޖިޓަލް ޓްރާންސްފޯމަޝަންގެ ބައެކެވެ.