ގއ. މާމެންދޫގައި ހިންގި ގްރޫޕް މާރާމާރީއެއްގައި ވަޅިން ހަމަލާދީ އެރަށު ލިލީ އޮފްދަ ވެލީ، އަހްމަދު އުދައްޔު، 17، މަރާލި މައްސަލައިގައި ހަތަރު މީހަކަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފިއެވެ.

ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގު ނިންމައި، ތިން މީހަކާއި 18 އަހަރުންގެ ދަށުގެ ކުޑަކުއްޖަކަށް ދައުވާކުރަން މި މަހުގެ އަށްވަނަ ދުވަހު ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

ގއ މާމެންދޫގައި ހިންގި ނުރައްކާތެރި މާރާމާރީގައި އުމުރުން 17 އަހަރުގެ މުހައްމަދު އުދައްޔު ނިޔާވެފައިވާއިރު އޭނާގެ ބޭބެ އުމުރުން 21 އަހަރުގެ ފިރުޝާން ޒާހިރު ވަނީ ޒަހަމް ކޮށްލާފައެވެ.

އުދައްޔުގެ ހަށިގަނޑު މިދިޔަ މަހު 15ގައި ޕޯސްޓްމޯޓަމް ހަދަން އިންޑިއާއަށް ފޮނުވުމަށްފަހު 18ވަނަ ދުވަހު ވަނީ އަނބުރާ ރާއްޖެ ގެނެސްފައެވެ.