އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް އިންތިހާބުގައި 5 ރިސޯޓެއްގައި ވޯޓު ފޮށި ނުބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އީސީން ބުނީ އެ ފަސް ރިސޯޓުގައި ވޯޓުފޮށި ނުބަހައްޓަން ނިންމާފައިވަނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020ގައި ވޯޓުފޮށި ބަހައްޓަން ހަމަޖެހިފައިވާ ތަންތަނުގެ ތެރެއިން ރިސޯޓުތަކުގައި ރީ-ރަޖިސްޓަރީ ކުރުމުގެ ފުރުސަތު ހަމަވި އިރު ވޯޓުފޮށި ބެހެއްޓޭ އަދަދަށްވުރެ މަދުން ބައެއް ރިސޯޓުތަކަށް ވޯޓުލުމަށް މީހުން ރަޖިސްޓަރީވެފައިވާތީ ކަމަށެވެ.

ވޯޓުފޮށި ނުބަހައްޓަން ނިންމި ރިސޯޓުތަކުގައި ކިހާ މޯލްޑިވްސް، ޕާމް ބީޗް އައިލެންޑް ރިސޯރޓް އެންޑް ސްޕާ، ބްރެނިއަރ ކޮއްޓެފަރު، ޑްރިފްޓް ތެލުވެލިގާ އަދި ޑްރިފްޓް ތެލުވެލިގާ އެވެ.

މި ރިސޯޓުތަކުގައި މަސައްކަތް ކުރާ ދިވެހިންނަށް އަލުން ރެޖިސްޓާ ކުރުމުގެ ފުރުސަތު ވެސް އެކޮމިޝަނުން ވަނީ ހުޅުވާލާފައެވެ.