ބޭނުންވާތަކެތި
500 ގ. ގެރިމަސް ( ކުދިކޮށް ކޮށާފައިހުރި-ފިލެޓް ބީފް)
2 ލީކްސް ( ވައްފޮއްޗަށް ކޮށާފައި)
4 ޓޮމާޓޯ ކޮށާފައި
3 /1 ސައިސަމުސާ ބޭސިލް
1 މޭޒުމަތީ ސަމުސާ ވިނިގަރ
1 މޭޒުމަތީ ސަމުސާ ސޯޔާސޯސް
6 ރާނބާފަތްކޮޅު ( 2 / 1 އިންޗިއަށް ބުރިބުރިކޮށްފައިހުރި)
1 މޭޒުމަތީ ސަމުސާ އިނގުރު ލޮނުމެދު ( ގާނާފައިހުރި)
3 ފެހިތޮޅިމިރުސް ( ދިގަށް ފަޅިފަޅިކޮށްފައިހުރި)
4 / 3 ޖޯޑު ޓޮމާޓޯ ސޯސް
2 / 1 ޖޯޑު ޗިލީ ސޯސް
2 ހިކަނދިފަތް، ލޮނުކޮޅެއް
3 ފިޔާ ( އަރިއަށްވާގޮތަށް ބޮޑެތިކޮށް ކޮށާފައި)
ތައްޔާރުކުރާނެގޮތް
ތަވާއުދުންމައްޗަށް އުދާލާފައި ކުޑަތެޔޮފޮދެއް އަޅާލުމަށްފަހު ތެޔޮފޮދު ހޫނުވީމާ ފިޔާ، ހިކަނދި-ރާނބާ ، މިރުސް، ލީކްސް އެއްކޮށް އަޅާލާފައި ފިޔާކޮޅު މޯލިވީމާ ގެރިމަސްކޮޅު އެއްކޮށްލާށެވެ. ދެން މަސްކޮޅު ރޯފުލުމުން ބާކީހުރި ހުރިހާބާވަތްތައް އެއްކޮށް އަޅާލާފައި ރޯފިލީމާ އުދުންމަތިން ބާލާށެވެ.
ސޯސް އަޅާކޮންމެ ބާވަތަކަށް 1 ޖޯޑު ސޯސް ނުވަތަ 2 / 1 ޖޯޑު ސޯސް އަޅަން ލިޔެފައި އޮތަސްއެމީހަކަށް ރަނގަޅުވަރަކަށް އަޅާނީ ބައެއްބޭފުޅުންނަށްކަމުދަނީ މަދުވީމާ އަނެއްބައި ބޭފުޅުންނަށް ގިނަވީމައެވެ. އަދި ޖޯޑުގެ ސައިޒްވެސް ތަފާތުވާތީ އާއި އެއްކޮންނެވެ.