ކޮވިޑް-19 ގެ ދުވަސްވަރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބާބަޑޯސްއަށް ވެދެއްވި އެހީތެރިކަމުގެ އަގު ވަޒަން ކުރުމުގެ ގޮތުން އެގައުމުގެ 'އޮނަރަރީ އޯޑަރ އޮފް ފްރީޑަމް އޮފް ބާބަޑޯސް' ގެ އެވޯޑް މޮދީއަށް އަރުވައިފި އެވެ.
ބްރިޖްޓައުންގައި ބޭއްވި ރަސްމިއްޔާތެއްގައި ބާބަޑޯސްގެ ރައީސް ޑޭމް ސަންޑްރާ މޭސަން ގެ އަތްޕުޅުން މޯދީގެ ފަރާތުން މި އެވޯޑް ހޯއްދެވީ، އިންޑިއާގެ މިނިސްޓަރ ޕަބިތުރަ މާގަރީޓާއެވެ. މި ރަސްމިއްޔާތުގައި ބާބަޑޯސްގެ ބޮޑުވަޒީރު މިއާ އަމޯރ މޮޓްލީ އާއި އެހެނިހެން އިއްޒަތްތެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މޯދީ ވަނީ ބާބަޑޯސްއިން ދިން މި ޝަރަފަށް އެގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މޯދީ މި އެވޯޑް ޚާއްސަކުރެއްވީ އިންޑިއާގެ 1.4 ބިލިއަން މީހުންނަށާއި އިންޑިއާ އާއި ބާބަޑޯސްއާ ދެމެދު އޮންނަ ވަރުގަދަ ގުޅުމަށެވެ.
މި އެވޯޑް މޮދީއަށް ދެއްވާނެކަން، ބާބަޑޯސްއިން އިއުލާން ކުރީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ގަޔާނާ ގައި އެގައުމުގެ ބޮޑު ވަޒީރު މޯދީއާ ބައްދަލުކުރެއްވި އިރު އެވެ.