މީގެ 13 އަހަރު ކުރިން ގެއްލުނު ބުޅަލެއް ފެނިއްޖެއެވެ. ޖެސް ނަމަކަށް ކިޔާ ކަޅު ބުޅާ އެންމެ ފުރަތަމަ ގެއްލިފައިވަނީ 2008 ވަނަ އަހަރުއެވެ.
އޭގެ ހަތް އަހަރު ފަހުން 2015 ވަނަ އަހަރު އޭގެ ވެރިފަރާތުގެ ގެ ނޫން އެހެން ގެޔަކަށް ބުޅާ ވަނީ ގޮސްފައެވެ. އެ ގޭގެ މީހުންވަނީ އެ ބުޅަލަކީ އެއްވެސް ވެރިއެއް ނެތް ބުޅަލެއް ކަމަށް ހީކޮށް ހަ އަހަރު ވަންދެން ގެންގުޅެފައިއެވެ.
އެމީހުން ޖެސް ގެންގުޅުނު ނަމަވެސް ޖެސްގެ އާ ވެރިފަރާތް އޭތީގެ މައިކްރޯޗިޕް ސްކޭން ނުކުރެއެވެ. އެހެން ކަމުން އެމީހުންނަކަށް ވެސް ޖެސްގެ އަސްލު ވެރިފަރާތް ނޭނގޭއެވެ.
އިއްޔެގެ ވަގުތެއްގައި "އައިލް އޮފް ވައިޓް ކެޓްސް ޕްރޮޓެކްޝަން އެޑޮޕްޝަން ސެންޓަރ" އަށް ޖެސް ގެންދެވުމުން އެތަނުގެ މުވައްޒަފުން ވަނީ ޖެސްގެ މައިކްރޯޗިޕް ސްކޭންކޮށް ޖެސްގެ ކުރީގެ ވެރިފަރާތުގެ މައުލޫމާތު އެއްކޮށްފައެވެ.
މިހާރު ދިރިއުޅުނު ތަން އެހެން ތަނަކަށް ބަދަލުކޮށްފައިވާ ޖެސްގެ ކުރީގެ ވެރިފަރާތަށް އެ ސެންޓަރުގެ މުވައްޒަފުން އެމީހުންގެ ގެއްލުނު ބުޅާ ފެނުނުކަން އަންގަން ކުރިކޯލް ވެގެން ދިޔައީ އެމީހުނަށް ބޮޑު ޝޮކަކަށެވެ.
ބޭރުގެ ނޫހަކާ ވާހަކަ ދައްކަމުން އެ ސެންޓަރުގެ ސްޕޯކްސްޕަރސަން ބުނެފައިވަނީ މީގެ ހަ އަހަރު ކުރިން ބިންސްޓެޑް ގެ ގެޔަކަށް އެއްވެސް ވެރިއެއް ނެތް ބުޅަލެއްގެ ގޮތުގައި ދިޔަ ބުޅަލެއް އެމީހުންވަނީ ބަލައިގެންފައި ކަމަށެވެ. އެ ބުޅާ މިހާ ދުވަހު ގެންގުޅުނު މީހުން ގާތު އެ ބުޅާވަނީ ސްކޭން ކުރެވިފައިތޯ އެހުމުން އެމީހުން ނުކުރާ ކަމަށް ބުނި ކަމަށާއި ބުޅާލުގައި މައިކްރޯ ޗިޕެއް ހުންނާނެ ތޯ ސުވާލުކުރުމުން އެމީހުން އާނއެކޭ ބުނުމުން އެމީހުން އެ ޗިޕް ސްކޭން ކުރީ ކަމަށެވެ.
"ބުޅާ ގެއްލުނު ފަހުން އޭގެ ވެރިފަރާތް ދިރިއުޅޭ ތަން ބަދަލު ކުރި ނަމަވެސް ހުރިހާ މައުލޫމާތެއްވެސް ހުރި އަހަރެމެން ބުޅާ ފެނިއްޖެ ކަމަށް ބުނެ ކުރި ކޯލަކީ އެމީހުން އެއްވެސް ވަރަކަށް އުއްމީދު ކުރި ކޯލެއް ނޫން،" ސްޕޯކްސްޕާރސަން ބުނެއެވެ.
މީގެއެ އިތުރުން އޭނާ ބުނެފައިވަނި ޖެސް ގެ އުމުރަކީ 16 އަހަރު ކަމަށާއި އެމީހުން ހީކުރީ ޖެސް ގެއްލިގެން އުޅުނުތާ ވީ ހަ އަހަރު ކަމަށެވެ. ނަމަވެސް ޖެސް ގެ ވެރިމީހާ ބުޅާ އެމީހުންނަށް ނުފެންނަ ތާން 13 އަހަރު ވެފައިވާ ކަމަށް ބުނުމުން ހައިރާންވި ކަމަށެވެ.
ޑޮމެސްޓިކް ބުޅަލެއްގެ އެވްރެޖް ލައިފަކީ 16 އަހަރެވެ.