ޗައިނާއިން ސިގްނަލް މަނާ ކޮށްފިއެވެ. ހުޅަނގުގެ މުވާސަލާތީ އެޕްތަކުތެރޭން ޗައިނާގައި މަނާ ކޮށްފައި ނުވާ އެޕަކަށް މިމަހުގެ 15 އާ ހަމައަށް އޮތީ ސިގްނަލް އެވެ.

އެޕް މޮނީޓާ ކުރާ ވެބްސައިޓް ގްރޭޓް ފަޔަރ އިން ބުނާ ގޮތުން ޗައިނާއިން އެޕަލް ފޯންތަކަށް މިއަދާއަށް ފަސް ލައްކައަށް ވުރެން ގިނަ ފަހަރު ސިގްނަލް ޑައުންލޯޑް ކޮށްފައި ވެއެވެ. މި ވެބްސައިޓުން އެންޑްރޮއިޑް ޑައުންލޯޑް މަނައެއް ނުކުރެއެވެ.

މުޅި ދުނިޔޭގައިވެސް 100 މިލިއަން ފަހަރު، ސިގްނަލް ޑައުންލޯޑް ކޮށްފައި ވެއެވެ.

ދާދިފަހުން މަޝްހުރުވެގެން ދިޔަ ކްލަބްހައުސް އެޕްވެސް ޗައިނާއިން ވަނީ މިދިޔަ މަހު މަނާކޮށްފައެވެ.