އައްޑޫ ސިޓީ ފޭދޫ ބަނދަރުގައި އޮތް ސަފާރީއަކުން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗު) އިން ވިދާޅުވީ އެ ސަފާރީން ޕޮޒިޓިވް ވެފައިވަނީ ފަތުރުވެރިއެއް ކަމަށެވެ. އޭނާ ޕޮޒިޓިވްވެފައިވާކަން އެނގުނީ ދަތުރު ކުރުމަށްޓަކައި ހެދި ޓެސްޓުންނެވެ.

އެމީހާ ފޭދޫއަށް ނުފައިބާ ކަމަށް ސަފާރީގެ ވެރިފަރާތުން ވަނީ ބުނެފައެވެ.

އެ ސަފާރީގައި ތިބީ 20 މީހުންނެވެ. އެމީހާ ޕޮޒިޓިވްވުމުން އެމީހާއާއި ސާފާރީވަނީ ކަރަންޓީން ކޮށްފައެވެ.