އިންސާފު ހޯދުމަށް އިންޑިއާގެ އެންމެ މަތީ ކޯޓު ސުޕްރީމް ކޯޓަށް ވަޑައި ނުގަންނަވާނެ ކަމަށް އިންޑިއާގެ ކުރީގެ ޗީފް ޖަސްޓިސް ރަންޖަން ގޮގޯއި ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ މަތީ ކޯޓަށް މައްސަލައެއް ވެއްދުން އެއީ، ނިމުމެއް ނެތް އޮޅުން ސުވާއްޔެއްގައި ޖެހުން ކަހަލަ ކަމެކެވެ. އިންޑިއާގެ ސުޕްރީމް ކޯޓުން އެންމެ ފަހުން ރިޓަޔަރވެވަޑައިގެންނެވި ޗީފް ޖަސްޓިސްއަކީ، މިހާރު އިންޑިއާގެ މަތީގޭގެ ރާޖިޔަ ސަބްހާގެ މެންބަރެކެވެ.

"ފަސް ޓްރީލިއަން ޑޮލަރުގެ އިގްތިސާދެއް ގެންގުޅޭ އިރު ޖުޑީޝަރީ އެއޮތީ ކަސްތޮޅުއެޅުވިފައި" އިންޑިއާ ޓުޑޭ ކޮންކްލޭވްގައި ވާހަކަ ދައްކަވަމުން ޖަސްޓިސް ގޮގޯއި ވިދާޅުވިއެވެ. މިހިނގާ ފަސް އަހަރު ތެރޭ އިންޑިއާ ވެގެންދާނީ ފަސް ޓްރީލިއަން ޑޮލަރުގެ އިގްތިސާދަކަށެވެ.

އިންޑިއާގެ ޖުޑިޝަރީ އެކިއެކި މަރުހަލާގައި 43 މިލިއަން މައްސަލަ އަދިވެސް ނުނިމި އެބަ އޮތެވެ. އޭނާ ވިދާޅުވީ ކުންފުންޏަކުން ކޯޓަކަށް މައްސަލައެއް ވައްދައިފިނަމަ، ނިމޭކޮޅަށް ދިއުމަށް ޒަމާންގަނޑެއް ނަގާނެ ކަމަށެވެ.

އިންޑިއާގެ ޕާލަމެންޓްގައި މިއަދުވެސް މަޝްވަރާ ކުރެވިފައިވަނީ އިންޑިއާގެ ޖުޑީޝަލް ސަރވިސް ކޮމިޝަންއަށް ބަދަލުގެނަސް ދައުލަތުގެ އެހެން ސަރވިސް ތަކޭ އެއްގޮތަށް އޯލްއިންޑިއާ ޖުޑީޝަލް ސަރވިސްއެއް ގާއިމް ކުރާށެވެ.

ޖަސްޓިސް ގޮގޯއި އަށް ސުއާލު ދެންނެވުނީ އޭނާއަށް ތުހުމަތު ކުރެވި ބަރީއަ ކުރެވުނު ޖިންސީ ފަޟީހަތުގެ ތުހުމަތުގެ ވާހަކަ ސިޔާސީ މީހަކު ނޭދެވޭ ގޮތަކަށް ދެއްކުމުން އެމައްސަލައިގައި ދައުވާ ކުރައްވާނަންތޯ މީހަކު ދެންނެވި ސުއާލަކަށް ޖަވާބު ދެއްވަމުންނެވެ.

ފާޑު ކިޔާ ފަރާތްތަކުން ބުނާ ގޮތުގައި ޖަސްޓިސް ގޮގޯއިއަށް ރާޖިޔަ ސަބްހާގެ ގޮނޑި ލިބިވަޑައި ގަތީ އަޔޯދިޔާ މައްސަލަ ސަރުކާރާ އެއްކޮޅަށް ނިންމަވައި ދެއްވައި، މޮދީ ސަރުކާރުން އަސްކަރީ މަތިން ދާބޯޓުތަކެއް ގަތް މައްސަލައިގެ ކޮރަޕްޝަނުން ބަރީއަ ކޮށްދެއްވުމުންނެވެ.