ބޭނުންވާތަކެތި

3 ޖޯޑުބަތް

4 ބިސް (ގިރާފައި)

1 ފިޔާ ( ހިމުންކޮށް ކޮށާފައި)

1 ރޯމިރުސް ( ހިމުންކޮށް ކޮށާފައި)

3 މޭޒުމަތީ ސަމުސާ ފަސްމީރުމަސް

1 ހިކަނދިފަތް ( ހިމުންކޮށް ކޮށާފައި)

1 ޓޮމާޓޯ ( ހިމުންކޮށް ކޮށާފައި)

ލޮނުކޮޅެއް

ތައްޔާރުކުރާނެގޮތް

ފިޔާ، މިރުސް ، ޓޮމާޓޯ، ބިސް ، ހިކަނދިފަތް ، ލޮނު ، އަދި މަސް އެއްކޮށް މޮޑެފައި ތަވާ އުނދުންމައްޗަށް އުދާލާފައި ކުޑަތެޔޮފޮދެއް އަޅާލާފައި ހޫނުޥިމާ ބިސްގަނޑު އަޅާގޮތަށް އަޅާށެވެ. ދެން ހިހޫވީމާ ކުދިކުދިކޮށް ކޮށާލާފައި ބަތާއި އެއްކޮށް ލާށެވެ.